މިސްކިތްތަކަށް ކުޑަކަމުގޮސް އަދި ހަތިމަށްވެސް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރި ހަސަން ޒިޔާދުގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މީގެ ކުރިން އޭނާވަނީ ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ކުޑަކަމުދިޔަ މައްސަލައިގައިވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އެ މައްސަލައިގައި އޭނާ ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލިއެވެ.
ނަމަވެސް އޭނާ ދޫކޮށްލިތާ މާގިނަ ދުވަސްތަކެއް ނުވަނީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި އޭނާ ފުލުހުންނާއި ހަވާލުކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.