1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޑޫގެ ހިދުމަތްތެރިޔާ ރިޒާބެ ނިޔާވެއްޖެ

87
ޢަލީ ރިޒާ (ރިޒާބެ
މަރްޔަމް ޝަފާ ސައީދު
199ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫ ސިޓީ މަރަދޫފޭދޫގެ ވަރަށް ގިނަ ބަޔަކު ދަންނަ، އަދި ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޢަލީ ރިޒާ (ރިޒާބެ)، 71 އަހަރުގައި ނިޔާވެއްޖެ އެވެ. ރިޒާބެ ނިޔާވެފައިވާކަން އާއިލާއަށް އެނގުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރިޒާބެއަކީ ވަރަށް ހެނދުނާ ހޭލައި، ފަތިސް ނަމާދުކޮށް، ގޯތިތެރެ ކުނިކަހާ އުޅުއްވާ ބޭފުޅެކެވެ. ނިޔާވުމުގެ ކުރިން ގެއިން ބޭރަށް ނުކުމެ ގާޑިއަލަކުން އެއްޗެއް ބޯލައިގެން ގެއަށް ވަދެފައިވާ ކަމަށް ވެއެވެ. އޭގެ ފަހުން ހަބަރެއް ނުވެ ފޯނަށް ގުޅާގުޅާ ނުނެގުމުންނާއި ކޮޓަރި ތަޅުލާފައި ހުރުމުން ކަންބޮޑުވެގެން ދޮރު ހުޅުވިއިރު އޮތީ ނިޔާވެފައެވެ. ނިޔާވިއިރު އޭނާ އެއްވެސް ވަރަކަށް ބަލި ހާލުގައެއް ނޫޅުއްވައެވެ. ރިޒާބެއަކީ ވަރަށް ހީވާގި އަދި އިޖްތިމާޢީ ގޮތުން ރަށުގައި ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އުޅުއްވި ބޭފުޅެކެވެ. އަމިއްލައަށް ނުކުރެވޭ ކަމެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އޭނާ ވަނީ މުޅި އުމުރު ރައްޔިތުންނާއި ސަރުކާރަށް ޚިދުމަތްކުރުމުގައި ހޭދަކުރައްވާފައެވެ. އަދި އޭރަކު އޮންނަ ސަރުކާރަކާ އެއްކޮޅަށް ވަރަށް ރަނގަޅަށް މަސައްކަތްކުރެއްވި ގާބިލް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެެވެ.

fat

އަތޮޅުވެރިންގެ ޒަމާނުއްސުރެ ކަތީބުކަމާއެކު، ރިޒާބެ ވަނީ މުޅި އުމުރު ސަރުކާރުގެ އެކި ވަޒީފާތަކުގައި ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުން، އެސްޓީއޯގައި ވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައެވެ. ރިޒާބެ ނިޔާވުމާ ގުޅިގެން މަރަދޫފޭދޫގެ އިތުރުން އައްޑޫގެ އެހެން ހިސާބުތަކުންވެސް އޭނާ ދަންނަ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އޭނާގެ ވަކިވުމަކީ ރަށަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. މަރަދޫފޭދޫގެ ޒުވާނަކު ވަނީ ރިޒާބެއަކީ އަބަދުވެސް ޤައުމީ ރޫޙުގައި ހަރުދަނާކަމާއެކު ދިވެހި ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، އުފަން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރެއްވި ހިތްވަރުގަދަ، ހީވާގި އަދި ޤައުމީ ލޯބިން ފުރިފައިވާ އާދަޔާ ޚިލާފު ޚިދުމަތްތެރިއެއް ކަމަށް ސިފަކޮށްފައެވެ.

300 × 250
"إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ.
މިއަދު އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ ސ.މަރަދޫފޭދޫ / ކެޔޮގަސްދޮށްގޭ ރިޒާބެ، އަހަރެމެންގެ އެންމެހާ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންގެ ހިތްތަކަށް ހިތާމަވެރިކަމާއި ފުން ހިތްދަތިކަން ގެނެސްދިން، ނިޔާވުމުގެ ޚަބަރު އެހީ، ކެތްކުރުމަށް ދަތި ހިތާމައަކާ އެކުގައެވެ.
ރިޒާބެ އަކީ އަބަދުވެސް ޤައުމީ ރޫހުގައި ހަރުދަނާކަމާއެކު ދިވެހި ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، އުފަން ރަށުގެ ތަރައްޤީއާއި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ލޮބުވެތި ފަރާތެއް، ރަށަށް ލިބުނު ބޮޑު ހުސްކަމެކެވެ. އެފަދަ ހިތްވަރުގަދަ، ހީވާގި އަދި ޤައުމީ ލޯބިން ފުރިފައިވާ، އާދަޔާ ޚިލާފު ޚިދުމަތްތެރިއެކެވެ.
ރިޒާބޭގެ ވަކިވުމަކީ، އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެންދާނެ ކަމެއް ނޫނެވެ.
ރިޒާބޭގެ ޚިދުމަތްތަކާއި ހަނދާންތައް އަބަދުވެސް ދިވެހި ތާރީޚުގެ ސަފްޙާތަކުގައި ރަން އަކުރުން ލިޔެވިފައިވާނެއެވެ. ޚާއްސަކޮށް ރިޒާބޭގެ އުފަން ރަށުގެ ކޮންމެ މީހެއްގެ ހިތުގައިވެސް، ރިޒާބެގެ ހަނދާން ދިރިހުންނާނެއެވެ. ރިޒާބެގެ އުފަން ރަށަށް ދެއްވި ޚިދުމަތްތަކުގެ ސަބަބުން، ރަށުގެ ކުރިއެރުމަށް އެޅުނު ހަރުދަނާ ބިންގަލުގެ ހެކިތައް ފެންނަމުންދާނެއެވެ.
މާތް ﷲ ރިޒާބެގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އާމީން. އަދި ޢާއިލާގެ އެންމެހާ ފަރާތްތަކަށް ކެތްތެރިކަން ދެއްވައި، ހިތްވަރު ދެއްވާށި.އާމީން!"
300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި