ކ. ގުރައިދޫ ކައިރިން ހިފި ކިނބުލެއް، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަލުން ނާދެވޭނެ ގޮތަށް ދޫކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ވިދާޅުވެއްޖެއެވެ. މި ކިނބޫ ހިފާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިގެންނެވެ. އެމްއެންޑީއެފުން ދެއްވި މައުލޫމާތުގައިވާ ގޮތުން، ދިގުމިނުގައި 6 ފޫޓު ހުންނަ މި ކިނބޫ ހިފާފައިވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުން ކ. ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުންނެވެ. މި ކިނބޫ ފެނުމާއެކު ދޯނީގެ ފަޅުވެރިން ވަނީ ސިފައިންނަށް އެންގުމަށްފަހު އެ ސަރަހައްދުން ހިފާފައެވެ. 
ގުރައިދޫ ފަޅުން ހިފި ކިނބޫ، އެނބުރި ރާއްޖެއަށް ނާދެވޭ ގޮތަށް އިގްތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.