1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ބާޒާރުމަތީ ސަރަޙައްދުގެ މަގު ތަރައްގީ ކުރުން؛ މަގު ފުޅާކުރަން ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށައިފި

dhrt
ބާޒާރުމަތީ ސަރަޙައްދުގެ މަގު ތަރައްގީ ކުރުން؛ މަގު ފުޅާކުރަން ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށައިފި
މަރްޔަމް ޝަފާ ސައީދު
156ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ތަރައްޤީ ކުރުމަށްޓަކައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ މަހުގެ 9 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ، ބާޒާރުމަތީ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ކުރިން ހުރި ކީ-ވޯލް ތަޅާލުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ސެޓްލްމަންޓް ޓޭންކްތައް ހަރުކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާއިރު، މަގު ހެދުމުގެ ތެރެއިން ކުރިއަށްދާ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މި ސަރަޙައްދުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

300 × 250

މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން މާރުކޭޓު ސަރަހައްދުން ފެށިގެން ސޮނީ ހާރޑްވެއާ އާ ހަމައަށް މަގު ބަންދުކޮށްގެން މަސައްކަތް ކުރިއަށްދާއިރު، މަސައްކަތުގެ ބޭނުމަށް އިތުރު ސަރަޙައްދުތައް ބަންދުކުރަން ޖެހިދާނެ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

https://twitter.com/MTCCPlc/status/2004190113094619454?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2004190113094619454%7Ctwgr%5E0f4bc4df185935ace096b04304847639976c2bad%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F171386

މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެއެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަަމަޖެހިފައެވެ.

މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި