ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި، އެ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު ސިވިލް ސަރވިސް ކޮމިޝަނުން (ސީއެސްސީ) މިއަދު އިސްލާހުކޮށްފިއެވެ. މި ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމަށް ބުނެ އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސީއެސްސީގައި ދަންނަވާފައިވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް އޮތް ހަރުދަނާ މިންގަނޑުތަކަށް ބަދަލު ގެނައުމުގެ ސަބަބުން މިންގަނޑުތައް ވަނީ ދަށްވެފައެވެ. އެހެންކަމުން، ކުރީގެ މިންގަނޑާ އެއްގޮތަށް އަލުން އަމަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. ސީއެސްސީން މިއަދު އާންމުކުރި އާ އިސްލާހުގައިވާ ގޮތުން، އަންހެން މުވައްޒަފުންނަށް ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ ރަސްމީ އޮފީސް ހެދުން ބޭނުންކުރެވިދާނެއެވެ. ހެދުން ހުންނަންވާނީ ތަނބިކަށްޓަށްވުރެ ކުރުނުވާނޭހެން، އަދި ކަރުވަޅާއި އަތް ރަސްމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. ހެދުމުގެ މަތީބައި ފަޅައިފައި ހުންނަ ނަމަ، އެބައި ހުންނަންވާނީ އަތް މައްޗަށް ދަމާލުމުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށެވެ. މި އިސްލާހުގެ ދަށުން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި، ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފައެވެ. އަދި ބޮލާއި ތުނބުޅި ބެލެހެއްޓުމުގައި ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތައް ހިފެހެއްޓުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ސަޕޯޓް ސަރވިސް ގިންތީގެ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. ފިރިހެން މުވައްޒަފުންނަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، އޮފީހަށް ހާޒިރުވާންވާނީ އޮފީސް ބޫޓުގައެވެ. "ގަހަނާގެ ގޮތުގައި އަނގޮޓި ފިޔަވައި އެހެން އެއްޗެއް ބޭނުންކުރުމާއި ފާޅުކަން ބޮޑު މޭކަޕް ކުރުމަކީ މަނާކަމެކެވެ." ހަމައެއާއެކު، ވަކި ޔުނިފޯމެއް ކަނޑައެޅިފައި ނުވާ ސަޕޯޓް ސާވިސް ގިންތީގެ އަންހެން މުވައްޒަފުން ވެސް މި އާ ގަވާއިދަށް ތަބާވާން ޖެހޭނެ ކަމަށް ސީއެސްސީން ބުނެއެވެ.
ސީއެސްސީގެ މުވައްޒަފުން ބޮލުގައި ކަޅުކުލަ ނޫން ކުލައެއް ޖެއްސުމާއި ފިރިހެނުން އަނގޮޓި ނޫން ގަހަނާ މަނާ!

300 × 250






ޚިޔާލު (2)
ވަރަށް ރަނގަޅު ކަމެއް މިކަން މިގޮތުގައި ކުރިޔައް ގޮސްފިނަމަ އަންނަން އޮތް ޖީލު ރަނގަޅުވާނެ ދެރަކަމަކީ އެގޮތައް އަމަލު ނުކުރާކަން މިހާރުވެސް މިކަމާ ބަޔަކު ނުރުހުން ފާޅުކުރޭ ވާގޮތަކީ ބަޔެއްކުދިން ބޭނުންވަނީ އެމީހުންގެ ތަންތަން ވެރިންނައް ދައްކާގެން ބޭނުންވާ ކަންތައް ފުރިހަމަކުރުން ވަރަށް އުފާވެރި ޙަބަރެއް މިލިބުނީ ސުކުރިއްޔާ ޑރ މުޙައްމަދު މުޣީޒު ތިކަހަލަވެރިން މިހާރު ބޭނުންވަނީ
ޟުކުރަން މިގެނެވުނު ބަދަލަށް ވަރަށް އުފާވެރި ކަމެއް