ރާއްޖޭގެ ކްލިނިކުތަކާއި ހޮސްޕިޓާތަކުން ފޯރުކޮށްދޭ ހުރިހާ ބާވަތެއްގެ ތެރަޕީތައް އާސަންދަ ސްކީމުގެ ތެރެއިން ފޯރުކޮށްދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މި ނިންމުމާ އެކު، އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ހިދުމަތްތަކަށް އާސަންދަ ލިބޭނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2026 ޖަނަވަރީ 1 އިން ފެށިގެން ކުރިއަށްގެންދާ އައު ޕްރޮގްރާމުތައް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މިއީ އާސަންދަ ސްކީމުގެ ދަށުން މިފަދަ ހިދުމަތްތަކެއް ފޯރުކޮށްދޭން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެކި ބާވަތުގެ ތެރަޕީތަކަށް އާސަންދަ ފޯރުކޮށްނުދޭތީ، އެ ހިދުމަތް ހޯދާ ފަރާތްތަކުން އަމިއްލަ އަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. މީގެ ކުރިން ދައުލަތުން މިފަދަ އެހީތެރިކަން ފޯރުކޮށްދެމުން އައީ އެންސްޕާ މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް ބަލައިގެންނެވެ. މިއަދު ގެނައި ބަދަލާއެކު ފިޒިއޯ ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ފަދަ ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް އާސަންދަ ކަވަރޭޖު ލިބޭނެއެވެ. މި ހިދުމަތް ލިބޭނީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ މަރުކަޒުތަކަކުންނެވެ. އާސަންދައިގެ ދަށުން ތެރަޕީގެ ހިދުމަތް ނުލިބޭތީ ގިނަ ބަޔަކު މީގެ ކުރިން ޝަކުވާ ކުރަމުންދިޔައެވެ. ހާއްސަކޮށް އޮޓިޒަމް ފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ހޯދުމުގައި އާއިލާތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔައެވެ. ސަރުކާރުން ގެނައި މި ބަދަލަކީ އެފަދަ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މި ބަދަލުގެ ސަބަބުން ތެރަޕީ ބޭނުންވާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އުއްމީދުތަކެއް ރޯޝަން ކުރުވި އުފާވެރި ޚަބަރެއް؛ ހުރިހާ ވައްތަރެއްގެ ތެރަޕީ އަކަށް އާސަންދަ ލިބޭނެ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.