1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ރައީސް މުއިއްޒުގެ އަރިހަށް ކުރައްވައިފި

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސްގެ އަރިއަހަށް ވަދާޢީ ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
މަރިޔަމް އަފީފާ
343ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ ގޮލާމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


300 × 250

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ގޯލަމް ސަރުވާރު ކުރެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ތަކުރާރު ކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއިން އެ ޖަމްޢިއްޔާއަށް ދެއްވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. ސާކް އުފެއްދި މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މުހިންމުކަން ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް އަލުން ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ސެކްރެޓަރީ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރިއަށްދެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ޑާކާގައި ސާކް ޗާޓަރުގައި ސޮއިކޮށް، އެ ޖަމްޢިއްޔާ އުފެއްދި ބާނީ މެންބަރު ޤައުމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި