ރާއްޖޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އަންވެއިލިންގ ވިޝަން" އާރޓް އެގްޒިބިޝަން އަންނަ ޑިސެމްބަރ މަހުގައި ބާއްވަން ނިންމައިފިއެވެ.
80 އަށް ވުރެ ގިނަ ޒުވާނުންގެ ކުރެހުމުގެ ހުނަރު މިއަހަރު ފެނިގެންދާ މިއެގްޒިބިޝަން އޮންނާނީ ޑިސެމްބަރ 4 އިން 14 އަށް ނެޝަނަލް އާރޓް ގެލެރީގައެވެ.
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާޓް އެގްޒިބިޝަން "އަންވެއިލިން ވިޝަންސް"ގައި ހަތް ކެޓަގެރީއަކުން ކުރެހުންތައް ބައިވެރިކުރެވޭނެއެވެ. އެކެޓަގެރީ ތަކަކީ ޑްރޯވިން، ޕެއިންޓިން، ޑިޖިޓަލް އާޓް، ކެލިގްރަފީ، ސްކަލްޕްޗާ، އިންސްޓޮލޭޝަން އަދި މިކްސްޑް މީޑިއާ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.