1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ދިވެހި ފަންނުވެރިންނާއި ޚިދުމަތް ބޭނުންވާ ފަރާތްތައް ގުޅުވައިދޭ 'ޓާސްކިން', އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ

ap
ޓާސްކިން', އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ
މަރްޔަމް ޝަފާ ސައީދު
136ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތަށްފަހު ތައާރަފްކުރި، ދިވެހި ފަންނުވެރިންނާއި ޚިދުމަތްތަކަށް ބޭނުންވެފައިވާ ފަރާތްތައް އެއް ޕްލެޓްފޯމަކުން ގުޅުވައިދޭ ރާއްޖޭގެ ފުރަތަމަ ފްރީލާންސް އެޕްލިކޭޝަން "ޓާސްކިން" މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގަލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. މި ހަރަކާތަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ފެށުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ޓާސްކިން ޓީމުން ސިފަކުރެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ތަފާތު ދާއިރާތަކުން އަންނަނިވި ފުރުސަތުތައް ފަހިވެގެންދާނެއެވެ:

  • ފްރީލާންސަރުންނަށް: އަމިއްލަ ހުނަރުތައް ބޭނުންކޮށްގެން ކާމިޔާބު ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު.
  • ކަސްޓަމަރުންނަށް: ކޮންމެ މަސައްކަތަކަށްވެސް ބޭނުންވާ އެކަށީގެންވާ ފަންނުވެރިން ވަގުތުން ހޯދުމުގެ މަގު.
  • ދިވެހިރާއްޖެއަށް: އެންމެން ގުޅިގެން ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމުގެ ފުރުސަތު.
qw
300 × 250

ޓާސްކިންގ ސައިޓުގެ ތެރެއިން އެސްއެސްއެއް ޓާސްކިން ޓީމުން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ދިވެއްސަކަށްވެސް ބޭނުންކުރެވޭނެ ޕްލެޓްފޯމެކެވެ. މީގެ ތެރޭގައި ކުދިކުދި މަސައްކަތްތަކުން ފެށިގެން ބޮޑެތި ޕްރޮޖެކްޓްތަކާއި، ތަކެތި ކުއްޔަށް ދިނުން ފަދަ ޚިދުމަތްތައްވެސް ހިމެނެއެވެ. މި ސްޓާޓްއަޕްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރު އެއްތަނަކުން ގުޅުވާލައި، އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމެވެ.

ޓާސްކިން ޓީމުން ބުނި ގޮތުގައި، މި އެޕްލިކޭޝަނަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިންނަށް ހައްގުވާ ފަދަ ފުރިހަމަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދަށް ގެނެވޭ ބޮޑު ބަދަލެއްގެ ފެށުން ކަމަށް އެ ޓީމުން ފާހަގަކުރެއެވެ. ޓާސްކިން ފަރުމާކުރެވިފައިވަނީ އަމިއްލަ މަސައްކަތުން ކުރިއަރަން ބޭނުންވާ ހުނަރުވެރިންނާއި، އިތުބާރު ހުރި މަސައްކަތްތެރިން ހޯދަން ބޭނުންވާ ފަރާތްތަކާ ގުޅުވައިދީ، ރާއްޖޭގެ ހުރިހާ ކަނަކަށް އާ ފުރުސަތުތައް ހުޅުވާލަދިނުމަށެވެ.

ފްރީލާންސަރުންނާއި ކްލަޔަންޓުންނަށް އާ ފުރުސަތުތަކެއް

މި ޕްލެޓްފޯމް މެދުވެރިކޮށް ފްރީލާންސަރުންނަށް އެފަރާތްތަކުގެ ހުނަރު ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާއިރު، ކްލަޔަންޓުންނަށް ކޮންމެ މަސައްކަތަކަށްވެސް އެންމެ އެކަށީގެންވާ މީހާ ފަސޭހަކަމާއެކު ހޯދޭނެއެވެ. ޓާސްކިންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ "ގިގް އިކޮނޮމީ" (gig economy) އެއް ފުރާޅެއްގެ ދަށަށް ގެނެސް، ޑިޖިޓަލްވަމުންދާ ދުނިޔޭގައި އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. tasމިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ތައާރަފުކުރެވުނު ފުރަތަމަ އެޕްލިކޭޝަން ކަމަށްވުމާއެކު، މަސައްކަތްތެރިންނާއި ކަސްޓަމަރުން އަދި އެޕް އުފެއްދި ޓީމަށްވެސް ދަސްކުރަންޖެހޭ ކަންތައްތަކެއް ހުންނާނެކަން ޓާސްކިން ޓީމުން ގަބޫލުކުރެއެވެ. އެހެންކަމުން، މަސައްކަތްތެރިން ރަޖިސްޓްރީވާއިރު އެފަރާތްތަކުގެ މައުލޫމާތު ވެރިފައި ކުރުމަށް ކުޑަ ވަގުތުކޮޅެއް ނަގާނެތީ ކަސްޓަމަރުންގެ ކެތްތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ޓާސްކިން ޓީމުން ވަނީ ބުނެފައެވެ.

ޕްރޮފައިލް ފުރިހަމަކުރުމަށް އިލްތިމާސްކުރުން

ޓާސްކިން އިން ބުނީ މަސައްކަތްތެރިންގެ ޕްރޮފައިލް ފުރިހަމަކުރުމުން ނޫނީ ވެރިފިކޭޝަން ނިންމައި ކަސްޓަމަރުންނަށް ފެންނާނެހެން ޕްރޮފައިލް އާންމު ނުކުރެވޭނެތީ، ވީހާވެސް އަވަހަށް ޕްރޮފައިލް ފުރިހަމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ދިވެއްސަކަށްވެސް ބޭނުންކުރެވޭނެ ޕްލެޓްފޯމެއް،" ޓާސްކިން ޓީމް

މި ޕްލެޓްފޯމް މެދުވެރިކޮށް ކުދި މަސައްކަތްތަކުން ފެށިގެން ބޮޑެތި މަސައްކަތްތަކާއި، އަދި ތަކެތި ކުއްޔަށް ދިނުމުގެ ހިދުމަތްވެސް ހޯދައިދެވޭނެއެވެ. ޓާސްކިން ޓީމުން ވަނީ މިހާތަނަށް ސޯޝަލް މީޑިއާގައި އާންމުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ޝުކުރު އަދާކޮށް، އެންމެން ގުޅިގެން ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ދައުވަތު އަރުވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި