1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢު: 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިމިއްޖެ

bj
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ: އެމްޓީސީސީ
މަރްޔަމް ޝަފާ ސައީދު
213ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިމިފައިވާ ކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ދުވާރު ހެދުމުގެ މަސައްކަތް މިހާރުވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އަދި މަގުގައި ފެން ހޮޅި އެޅުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ނިމުމުން އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ ސަރަޙައްދަކަށް ވެގެންދާނެއެވެ.

300 × 250

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ރޭވިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މި މަސައްކަތުގެ ސަބަބުން، މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި އޮންނަ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހުގެ ކުރިން މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، އާންމުންނަށް މަގު ހުޅުވާލުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި