1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް، މޫދަށް އެރޭ މީހުން ސަމާލު ވުމަށް އިލްތިމާސް!

i1
ރަސްފަންނު މޫދަށް އެރޭ ސަރަހައްދުން ފެނުނު އިތާ-- ފޮޓޯ : އަލީ މުސްތަފާ ފޭސްބުކް
މަރްޔަމް ޝަފާ ސައީދު
297ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ވެލިގަނޑު ތެރޭގައި ވަރަށް ތޫނު އިތާތަކެއް ހުރުމުގެ ސަބަބުން، އެ ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް ގޮވާލައިފިއެވެ. މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާކުރައްވާފައިވަނީ ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ. މުސްތަފާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާ އެބަހުރި ކަމަށާއި، އެތަނަށް މޫދަށް އެރޭ މީހުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. ޕޯސްޓާ އެކު އޭނާ ވަނީ އެ ސަރަހައްދުގައި ފީނައިގެން ނަގާފައިވާ ބައެއް އިތާތަކުގެ ފޮޓޯ ވެސް އާންމުކުރައްވައިފައެވެ. އެއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ފޭން ކްލޭމް" ނުވަތަ "ޕެން ކްލޭމް" ކަން ވަނީ އެނގިފައެވެ. i2ރަސްފަންނު މޫދިުން ފެނުނު އިތާ-- ފޮޓޯ : އަލީ މުސްތަފާ އެފްބީ

ވެލިގަނޑުގެ ތެރޭގައި ފޮރުވިފައި ހުރުމުން ނުރައްކާ ބޮޑު

300 × 250

މުސްތަފާ ފާހަގަކުރެއްވި ގޮތުގައި މި އިތާތައް ހުރީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައެވެ. ބޭރަށް ފެންނަން ހުންނަނީ އޭގެ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެއީ ވަރަށް ތޫނުކޮށް ހުންނަ އެއްޗަކަށް ވާތީ، މޫދުގެ ވެލިގަނޑުމަތިން ހިނގާއިރު އެއަށް އެރި ފައި ކަނޑައިގެން ގޮސްދާނެތީވެ އެކަމަށްވެސް ސަމާލުވާން ޖެހެއެވެ.

"ހިކިފައި އޮންނައިރު ވަރަށް ގިނަ ބަޔަކު މިތަނުން ހިނގައި އުޅޭނެ. އެހެންވީމަ، ހުސް ފަޔާ އުޅޭ ނަމަ، ތަންކޮޅެއް ސަމާލުވޭ،" އަލީ މުސްތަފާ، އެފްބީ ޕޯސްޓު

މުސްތަފާ ވަނީ އޭނާ އެ ސަރަހައްދުން ނަގާފައިވާ ބައެއް އިތާތަކުގެ ފޮޓޯތައް ވެސް އާންމުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ޕެން ކްލޭމް" އެވެ. މި ބާވަތުގެ އިތާ އާންމުކޮށް ހުންނަނީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށާއި، ބޭރަށް ފެންނަން ހުންނަނީ އޭގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. i4މެޕުން ދައްކާ ގޮތުގައި މި އިތާތައް އެންމެ ގިނައިން ޖަމާވެފައި ހުރީ ރަސްފަންނުގައި ހުންނަ ރެސްޓޯރަންޓާ ދިމާލުން މޫދުގެ ސަރަހައްދުގަ-- ފޮޓޯ : އަލީ މުސްތަފާ އެފްބީ

އެންމެ ގިނައިން އިތާ ހުރި ސަރަހައްދު

އަލީ މުސްތަފާ ވަނީ އެންމެ ގިނައިން އިތާތައް އޮތް ސަރަހައްދު މެޕެއްގައި ފާހަގަކޮށްދެއްވައިފައެވެ. އެ ފޮޓޯގައިވާ ގޮތުން އިތާ އެންމެ ގިނައިން ޖަމާވެފައި އޮތީ ރަސްފަންނުގެ ރެސްޓޯރަންޓުގެ މޫދާ ދިމާލަށެވެ. މި ސަރަހައްދަކީ އާންމުކޮށް ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދެކެވެ. މި އިތާގެ މަހަކީ ކެއުމަށް ބޭނުންކުރެވޭ އެއްޗެއްކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ، މޫދަށް އެރޭ މީހުން މި އިތާތައް ނަގަމުންދާ ނަމަ އެ ސަރަހައްދުން އިތާ މަދުވެ، މޫދަށް އެރޭ މީހުންނަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށެވެ. އެހެންކަމުން، ރަސްފަންނަށް މޫދަށް އެރޭ ފަރާތްތަކުން، ހާއްސަކޮށް ކުޑަކުދިން ގޮވައިގެން އެރޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.  އަލީ މުސްތަފާގެ ފޭސްބުކް ޕޯސްޓު 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި