އަތޮޅު ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް ހަތް ލޯންޗުގެ ތެރެއިން 3 ލޯންޗެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި އަނެއް 3 ލޯންޗުވެސް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން ކުރިޔަށްގެންދާ، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އެޕްވެކްސް) ޕްރޮޖެކްޓްގެ ދަށުން ސިއްހީ ވުޒާރާއަށް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް މިއަދު ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ތަފާތު ހިދުމަތްތަކުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސިއްހީ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދާ އުޅަނދުތަކެކެވެ.
ސިއްހީ ވުޒާރާއިން ބުނީ، މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ޚިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންކުރާނެ އުޅަނދުތަކެއް ކަމަށެވެ. މީގެ އިތުރުން ލެބޯޓްރީގެ ހިދުމަތް ނެތް ރަށްރަށުން ސުންކު ނަގައިގެން، އެ ހިދުމަތް ލިބޭ ރަށްރަށަށް ގެންދިއުމަށްވެސް މި ލޯންޗުތައް ބޭނުން ކުރެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.