1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކޭކު ޑިޒައިން ކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ

34
ކޭކު ޑިޒައިން ކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި
މަރްޔަމް ޝަފާ ސައީދު
196ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ހުނަރުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ވަޒަންކުރުމަށް ބާއްވާ ޚާއްޞަ އެވޯޑު ހަފްލާއެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. "ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026" ގެ ނަމުގައި ބާއްވާ މި ޝަރަފުވެރި ހަފްލާ އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

މި އެވޯޑު ހަފްލާއަކީ ރާއްޖޭގައި ކޭކު އެޅުމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯދާފައިވާ ފަންނުވެރިއެއް ކަމަށްވާ މުޖުތަބާ ޢަބްދުﷲގެ އިސްނެގުމުގެ މަތިން އަމިއްލަ ގޮތުން ބާއްވާ ހަރަކާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ 38 ޤައުމަކުން ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑާ ގުޅޭގޮތުން މަޢުލޫމާތު ދެމުން މުޖުތަބާ ޢަބްދުﷲ ބުނީ، މި އެވޯޑަށް ޖުމްލަ 834 ފަރާތެއް ނޯމިނޭޓްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 240 ފަރާތެއް ފައިނަލިސްޓުންގެ ގޮތުގައި ހޮވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ މި ދާއިރާގައި މަސައްކަތްކުރާ 14 ފަރާތެއް ވެސް ވާދަކުރާކަން އޭނާ ފާހަގަކުރިއެވެ.

300 × 250

މި މުބާރާތުގައި ޖުމްލަ 60 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެވޯޑު ދިނުމުގައި ބަލާނީ ކޭކު ޑިޒައިންކުރުމާއި ޝުގަރ އާޓްގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށެވެ. މި ހުރިހާ ދާއިރާއަކުން އިންސާފުކުރާނީ ބައިނަލްއަޤްވާމީ ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ. މުޖުތަބާ ބުނިގޮތުގައި، "މި މުބާރާތުގެ ސަބަބުން ބައިނަލްއަޤްވާމީ ކަލިނަރީ މައިދާނުގައި ރާއްޖެ ވިދާލާނެ" ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލާފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ފްރާންސް، ޖަޕާން، އިނގިރޭސިވިލާތް، ސަޢުދި ޢަރަބިއްޔާ އަދި އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ ފަދަ ޤައުމުތައް ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަރާތްތަކަށް ތަފާތު ސަޤާފަތްތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މުޖުތަބާ އިތުރަށް ބުނީ، މިފަދަ ބައިނަލްއަޤްވާމީ ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަންނުވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ނަން ބަދަލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި