1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މުނިފޫހިފިލުވުން

ބިލިޔަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އާއި ޅީދަރިފުޅު ރާދިކާ ރާއްޖޭގައި

fe
ބިލިޔަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އާއި ޅީދަރިފުޅު ރާދިކާ
މަރްޔަމް ޝަފާ ސައީދު
810ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރުމަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ. މި ދެމަފިރިން ރާއްޖެ އައީ އަމްބާނީ އާއިލާގެ އަމިއްލަ ބޮއިންގް 737 މަރުކާގެ ޕްރައިވެޓް ޖެޓެއްގައި މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި ދެމަފިރިންނާއެކު ސަލާމަތީ ކަންތައްތައް ބަލަހައްޓަން 50 މީހުންގެ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް އެއާޕޯޓުން މައުލޫމާތު ލިބިފައިވެއެވެ.

އާނަންތު އާއި ރާދިކާ މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޕްރައިވެޓް އައިލެންޑުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންގެ ދަތުރުފަތުރުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ދެ ސީޕްލޭން އަބަދުވެސް ރިސޯޓުގައި ސްޓޭންޑްބައިގައި ބާއްވާފައިވެއެވެ.

300 × 250

އަމްބާނީ އާއިލާއަކީ އާންމުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ އާއިލާއެކެވެ. އެގޮތުން މިދިޔަ އަހަރުގެ ކްރިސްމަސް އަދި އާ އަހަރުގެ ޗުއްޓީވެސް އެ އާއިލާގެ ބައެއް މެންބަރުން ވަނީ އިތާފުށީގައި ހޭދަކޮށްފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާނަންތު ވަނީ ސޮނެވާ ސީކްރެޓް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ.

އެ ދަތުރުގައި އާނަންތު ވަނީ ހދ. މަކުނުދޫއަށް ޒިޔާރަތްކޮށް، އެ ރަށުން ކުކުޅަކާއި މުސަޅެއް ގަނެފައެވެ. މި ތަކެތި ފަހުން ވަނީ އޭނާ އިންޑިއާގައި ހިންގާ ޒޫއަކަށް ގެންގޮސްފައެވެ.

އާނަންތުގެ ބައްޕަ މުކޭޝް އަމްބާނީއަކީ އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި