ޚަބަރު
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ، މަސްދަޅު ކޭސް ބަހަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގޭބީސީތަކަށް ދޫކުރާ މަސްދަޅު ކޭސް ބަހަން މިއަދު ފަށައިފިއެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މާލެ ސަރަހައްދުގައެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ވަޢުދުގެ ދަށުން ކޮންމެ ރެޔަކު 8:00 އިން ފެށިގެން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މަސްދަޅު ކޭސް ދޫކުރާނީ ޓޯކަން ނަމްބަރުތަކަށް ކަމަށެވެ. އެގޮތުން ކޮންމެ ރެޔަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރާނެއެވެ. މިހާތަނަށް 4,805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަގާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ސަރުކާރުގެ އަމާޒަކީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ބަހާ ނިންމާލުމެވެ. އެގޮތުން މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މާލޭގައި މަސްދަޅު ކޭސް ބަހާ ތަންތަނުގެ ތެރޭގައި

  • މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު،
  • އެމްޓީސީސީ ސޯމިލު،
  • ހެންވޭރު ބޯޅަދަނޑު
  • ގަލޮޅު ދަނޑު

ހުޅުމާލެ ފޭސް 1 ގައި

  • ޢުމަރުޒާހިރު ބިލްޑިންގ
  • ޕޮލްކޯ ޓަވަރު 
  • މުޙައްމަދު ޤާސިމް ޕްރީސްކޫލު

ފޭސް 2 ގައި

  • ކާމިލުދީދީ ސްކޫލް
  • ހިޔާ ޓަވަރު 10 
  • އެމްޕީއެލް ޓަވަރު ޕީ 

ވިލިމާލޭގައި ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.

މި އަހަރުގެ ރަމަޟާންމަހަށް ޖުމްލަ 118,673 މަސްދަޅު ކޭސް ބަހަން ނިންމާފައިވާއިރު، މިއީ 48 ދަޅުގެ ކޭސްތަކެކެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111,231 މަސްދަޅު ކޭސް ބަހާފައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާރިޗު މަހުގެ 18 ވަނަ ދުވަހެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment