ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން އެ ފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަލުން ފަށައިފިއެވެ. މި ބަދަލު ގެންނަން ޖެހުނީ ކުރީގެ ޕްލޭންގައި މަދުވި 610 ގޯތި ހިމަނައިގެން، ޖުމްލަ 4,072 ގޯތި ހިމެނޭހެން އައު ޕްލޭނެއް އެކުލަވައިލުމާ ގުޅިގެންނެވެ. އައު ޕްލޭންގެ ދަށުން ދޫކުރާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު،'

  • 1250 އަކަފޫޓުގެ 2603 ގޯތި،
  • 1650 އަކަފޫޓުގެ 1214 ގޯތި،
  • 2050 އަކަފޫޓުގެ 254 ގޯތި އަދި
  • 2450 އަކަފޫޓުގެ އެއް ގޯތި ހިމެނެއެ
  • މި ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ ވުޒާރާގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

ގުރުއަތުލުން ކުރިއަށްދާ ސަރަހައްދަށް ގޯތީގެ ވެރިފަރާތަށް ނުވަތަ ބަދަލުގައި ފޮނުވާ ފަރާތަކަށް ވަދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ގުރުއަތުން ހަމަޖެހޭ ޕްލޮޓްގެ މައުލޫމާތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ވަގުތުން ފެންނާނެ ކަމަށާއި، މީގެ އިތުރުން އެސް.އެމް.އެސް މެދުވެރިކޮށް ވެސް އެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވުޒާރާއިން ބުނެއެވެ. ގުރުއަތުލުމުގެ މަރުހަލާ ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތަފްސީލު ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.