1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުވައިފި!

vccv
މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުވައިފި!
ޝީޒާ އަލީ
234ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިއީ، ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވި ސްކޫލެކެވެ.

މި ސްކޫލް ހުޅުވިގެން ދިއުމާއެކު މަތީ ސާނަވީ ތަޢުލީމުގެ ޕާތްވޭއެއް އިތުރުވެ، ޢަމަލީ އަދި ސިނާޢީ ދާއިރާއަށް ގުޅޭ ތަމްރީނަށް ޝައުޤުވެރިވާ ދަރިވަރުންނަށް ފުރުޞަތުތައް އިތުރުވެގެންދާނެއެވެ.

300 × 250

މި ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ނިންމާ ދަރިވަރުންނަށް، ޔުނިވަރސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކޯސް ނިންމުމަށްފަހު ވަޒީފާއަކަށް ދިއުމަށް އިޚްތިޔާރުކުރާ ދަރިވަރުންނަށް، އެ ފުރުޞަތު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ. މީގެ އިތުރުން ހައި ސްކޫލްގެ މޮޑެލްއަށް ކިޔަވައިދޭ މިސްކޫލްގައި އެޗް.އެސް.ސީގެ ދެ މާއްދާ ކަމުގައިވާ އިސްލާމް އަދި ދިވެހި ކިޔަވައިދޭނެއެވެ.

މަތީ ސާނަވީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަފާތު ޕާތްވޭތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތުތައް އިތުުރުކުރުމަކީ މިނިސްޓްރީގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މިއަދު ހުޅުވިގެން މިދިޔަ ސްކޫލާއެކު ވޮކޭޝަނަލް ޕާތްވޭއިން ކުރިއަށްދިއުމަށް ބޭނުންވާ ދަރިވަރުންނަށް މިވަނީ އެ މަގުފަހިވެފައެވެ. އަދި އެކެޑެމިކް ޕާތްވޭއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ފަހިކުރުމަށްޓަކައި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް މަތީ ސާނަވީ އަށް ވަދެވޭ ގޮތަށް ސިޔާސަތަށް ވަނީ ބަދަލުގެނެވިފައެވެ. އަދި ސްކޫލުތަކުގެ ޖާގަ އިތުރުކުރުމުގެ ގޮތުން މާލޭގައި ހުރި ސީއެޗްއެސްއީ އަލުން ހުޅުވުމާއި، އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގައި އޭލެވެލް އަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމްތައް ވެސް އެބަކުރިއަށްދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި