ސައުދީ އަރަބިއްޔާގެ ހުރިހާ ސަރަހައްދެއްގައި މާދަމާ އިސްތިސްގާ ނަމާދު ކުރުމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. މިކަމަށް ގޮވާލައްވާފައިވަނީ ރަސްގެފާނުގެ ގަނޑުވަރުން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައެވެ. ރަސްގެފާނުގެ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާދަމާ ކުރާ މި ނަމާދާއެކު، އެންމެހާ ރައްޔިތުން ތައުބާވެ އިސްތިއުފާރުކުރުން ގިނަކުރުމަށާއި، އެކަކު އަނެކަކަށް އިހުސާންތެރިވުމަށް ރަސްގެފާނު އިލްތިމާސްކުރައްވާ ކަމަށެވެ. މީގެ އިތުރުން ސުންނަތް ނަމާދުތަކާއި ހެޔޮކަންކަން ކުރުން އިތުރުކުރުމަށްވެސް ރަސްގެފާނު ވަނީ ބާރުއަޅުއްވާފައެވެ. އިސްތިސްގާ ނަމާދަކީ، ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވުމުން، އެ ހާލަތުން މިންޖުކޮށްދެއްވައި ވާރޭ ވެއްސަވައިދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދަންނަވައި ބޮޑު ޖަމާއަތުގައި ކުރާ ސުންނަތް ނަމާދެކެވެ. ސައުދީ އަރަބިއްޔާގައި އާންމުކޮށް މިފަދަ ހަނަފަސް ދުވަސްވަރުގައި ރަސްގެފާނުގެ އަމުރުފުޅަށް މުޅި ގައުމުގައި މި ނަމާދު ކުރެއެވެ. މިފަދަ ހަނަފަސްކަމުގެ ހާލަތްތަކުގައި ދިވެހިރާއްޖޭގައިވެސް މީގެ ކުރިން އިސްތިސްގާ ނަމާދު ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މާދަމާ ސައުދީގެ ހުރިހާ ސަރަހައްދެއްގެ މިސްކިތްތަކާއި ހުސްބިންތަކުގައި މި ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ސައުދީ އަރަބިއްޔާގައި އިސްތިސްގާ ނަމާދު ކުރުމަށް ރަސްގެފާނު ގޮވާލައްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.