މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފެން ހިންދާ ނިޒާމު އޮޓޮމޭޓްކޮށް ޒަމާނީ ކުރުމުގެ މަސައްކަތް ޖަޕާނުގެ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 16 ޕަމްޕު ސްޓޭޝަނެއް އޮޓޮމޭޓްކުރުމަށް ބޭނުންވާ އާލާތްތައް ހަރުކުރުމާއި، އެ ތަންތަން މޮނިޓަރ ކުރާނެ މަރުކަޒީ ސްޓޭޝަނެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖެޓިންގް ވެހިކަލެއް ހޯދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ސަބަބުން 24 ގަޑިއިރު މެދުނުކެނޑި ޕަމްޕުތަކުގެ މަސައްކަތް ބެލެހެއްޓޭނެއެވެ. ޖުމްލަ 1.5 މިލިޔަން ޑޮލަރު ޚަރަދުވާ މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 487 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ފުރަތަމަ ޕެކޭޖުގެ ދަށުން މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ޖަޕާނުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ޕްރޮޖެކްޓުގެ ފުރަތަމަ ޕެކޭޖުގެ ދަށުން މާލޭގެ ބޮޑުހިލައިގެ ބޭރުތޮށި މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ މިހާރު ވަނީ ޙަވާލުކޮށްފައެވެ. މި ދެ މަޝްރޫޢަކީވެސް މާލެއަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.
މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމަށް ބޭނުންވާ މަސައްކަތްތައް ޖަޕާނުގެ ކުންފުންޏަކާ ޙަވާލު ކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.