މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ މާލެ، ހ. ފިލިކުރިގެ، އަޙްމަދު ޢާމިރު (51އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާއަކީ ޓިކްޓޮކްގައި އިސްލާމްދީނަށް ހަޖޫޖަހައި، ދީނަށް ފުރައްސާރަކުރާ މީހެކެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހޯދަމުންދަނީ ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. އަދި އޭނާ ހާޒިރުވުމަށް އަންގާފައިވަނީ ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށެވެ.