މަސްތުވާތަކެއްޗާ ގުޅުންހުރި ފައިނޭންޝަލް އިންވެސްޓިގޭޝަނަށް ހާއްސަކޮށްގެން ނޭޝަނަލް ޑްރަގް ކައުންސިލުން ޓްރެއިނިންގ ކޯހެއް ފަށައިފިއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ނޭޝަނަލް ޑްރަގް ކައުންސިލުން އެންޑޯޒްކޮށްފައިވާ 12 ޕޮއިންޓް އެކްޝަން ޕްލޭންގެ ތެރެއިން ހިންގާ ތިން ހަފްތާގެ މިކޯހުގެ ސަބަބުން މިހާރު ދިމާވަމުން އަންނަ ފައިނޭންޝަލް ކްރައިމްސްއާ ގުޅުންހުރި މައްސަލަތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމާއި ރޭވި އިންތިޒާމުކުރެވިގެން ކުރިއަށް ގެންދާ ޑްރަގް ޓްރެފިކިންގއާ އަދި އެއާ ގުޅުންހުރި މަނީ ލޯންޑްރިންގ ކުށްތައް ތަހުގީގުކުރާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެކަމަށް ޑްރަގް ކައުންސިލުން ވިދާޅުވިއެވެ.
"ފައިނޭންޝަލް ކްރައިމްސް މަނީ ލޯންޑްރިންގ އެންޑް ޓެރަރިޒަމް ފައިނޭންސިންގ އިންވެސްޓިގޭޝަން" ގެ ނަމުގައި، ނޮވެމްބަރ 29 ވަނަ ދުވަހު ފެށިގެން ކުރިޔަށް ތިން ހަފްތާއަށް ކުރިޔަށްދާ މިކޯހުގައި ފުލުހުންގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުން ބައިވެރިވެ ވަޑައިގަތެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.