ރާއްޖޭގެ ޢުމްރާވެރިންގެ ތެރޭގައި އެންމެ އިތުބާރު ކުރެވޭ ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި، މިއަހަރުވެސް މި މާތް ރަމަޟާންމަހުގެ ޢުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ޢުމްރާވެރިން ދަނީ މައްކާގައި ޚަރަކާތްތެރިވަމުންނެވެ. މިގޮތުން ފުރަތަމަ ގްރޫޕް 16 ފެބްރުއަރީ 2026 ވީ ހޯމަ ދުވަހު އަދި ދެވަނަ ގްރޫޕް ވަނީ 17 ފެބްރުއަރީ ވީ އަންގާރަ ދުވަހު ވަނީ މައްކާއަށް ދަތުރުކޮށްފައެވެ. މި ގްރޫޕްގެ ހަވާލުގައި ޢުމްރާ އަޅުކަމަށް ދިޔަ ޢުމްރާވެރިން ވަނީ މިހާތަނަށް 2 ޢުމްރާ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން މަދީނާ އަށް ޒިޔާރަތްކޮށް އިސްލާމީ ޤަދީމީ ތަންތަނަށް ޒިޔާރަތްކޮށް ތަޖްރިބާ ކޮށްފައެވެ. މިގޮތުން ރަޢުލާ ޒިޔާރަތްކޮށް، ގުބާ އާއި އަދި ޢުހުދު ހަނގުރާމަ ކުރެވުނު މައިދާނަށް ވަނީ ހާޖީން ޒިޔާރަތްކޮށްފައެވެ. މި ހުރިހާ ޒިޔާރަތެއްގައިވެސް ދީނީ ޝައިހުންގެ ނަސޭހަތާއި އަދި އެ ސަރަޙައްދަކާއި ގުޅޭ ތާރީޙީ މަޢުލޫމާތު ދިނުން ކުރިއަށް ގެންދެވިފައިވެއެވެ. ފަރީ މިސްގެ އިރުޝާދުގެ ދަށުން ދެ ޖިންސުގެ އެހީތެރިންގެ އަޅާލުމާއި ލޯތްބާއިއެކު، ޢުމްރާގެ އަޅުކަން އަދާކުރަމުންދާ ފަރާތްތަކުން ދަނީ، ދިވެހި ކައްކާއިންގެ ރަހަތަކަށް އިންސާފުކޮށް ހިތްހަމަޖެހުމާއި އެކު އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަމުންނެވެ. އަލަށް ޢުމްރާ ކުރާ ފަރާތްތަކަށްވެސް ދުރާލާ ރޭވިގެން އޮންލައިން ކްލާސް ތަކާއި ބައްދަލުވުންތަކުން ހޭލުންތެރި ކުރުވާ، ދިމާވެދާނެ ހުރިހާ ޚާލަތަކަށް ދުރާލާ ޢުމްރާވެރިން ތައްޔާރު ކުރެވިފައިކަން ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ އިސް ފަރާތްކަމުގައިވާ ފަރީ މިސް ވަނީ އުފަލާއިއެކު ފާހަގަ ކޮށްފައެވެ. 
ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި މިރޯދަ މަހުވެސް، ޢުމްރާވެރިން މައްކާގައި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.