ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިރޭ ހުޅުވައިދެއްވައިފިއެވެ. މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އިތުރުން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން އަންނަނީ މާލެއާއި އެކި ސިޓީތަކުގެ އިތުރުން ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެކި ދާއިރާތަކަށް ހާއްސަކޮށްގެން ޖަގަހަތައް ގާއިމުކޮށް، ކެމްޕެއިންގެ ފޯރިގަދަ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ގެންދަވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އެމަނިކުފާނު ގެންދަވަނީ ދޮރުން ދޮރަށް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި އޮޅުންފިލުއްވަމުންނެވެ. މިފަހަރުގެ އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ޕާޓީއަކުން ނެރުނު ފަހަރެވެ. އެގޮތުން ކޮންގްރެސް ޕާޓީން މި އިންތިހާބުގައި 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ.
ޕީއެންސީގެ ކުޅުދުއްފުށި ސިޓީގެ މާލޭ ކެމްޕެއިން އޮފީސް މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.