ޚަބަރު
މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި ބޭނުންކުރަން ފަށައިފި

ކ. މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، އެ ޖަލަށް އެތެރެކުރާ ތަކެތި ސްކޭން ކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ފުރަތަމަ ފަހަރަށް ރޭ ބަހައްޓައި ބޭނުންކުރަން ފަށައިފިއެވެ. މި މެޝިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކުރި ގޮތުގައި، މިއީ ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބެހެއްޓުނު އެންމެ ފަހުގެ ޓެކްނޮލޮޖީގެ މެޝިނެކެވެ. މިއީ މާފުށީ ޖަލުގައި މިފަދަ މެޝިނެއް ބެހެއްޓުނު ފުރަތަމަ ފަހަރު ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ. މި މެޝިނަކީ ސަރުކާރުން ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ ވަސީލަތެކެވެ.

ޖަލުތަކަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް މިފަދަ ސްކޭނަރެއް ބަހައްޓާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް އިއުލާނު ކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ މި މެޝިންގެ ސަބަބުން ޖަލުން ކުރާ ސްކޭމް ކޯލްތަކާއި، އެ ނޫންވެސް ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ފޯން ކޯލްތަކުގެ ޒަރިއްޔާއިން ހިންގާ ސްކޭމްތަކުގައި އާންމުންގެ އަތުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ގެއްލެމުންދާއިރު، އޭގެ ތެރެއިން ގިނަ ކޯލްތަކަކީ ޖަލުގައި ތިބޭ ގައިދީން ކުރާ ކޯލްތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ. މިކަން ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ‘ވަންގަވް’ ޕޯޓަލް މެދުވެރިކޮށް އެފަދަ ކޯލްތައް ރިޕޯޓްކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.

އަލަށް ބެހެއްޓުނު މި ބޮޑީ ސްކޭނަރާއެކު، ޖަލަށް މަނާ ތަކެތި އެތެރެކުރުން މަދުވެ، ޖަލުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން އުއްމީދު ކުރެއެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment