ބޭނުންވާ ތަކެތި؛

  • 1 ޖޯޑު ވެނީލާ ނޫނީ ގްރީކް ނުވަތަ ޕްލެއިން ޔޯގަޓް,
  • 2 ސައިސަމުސާ ނެޗުރަލް ޕީނަޓް ބަޓަރު
  • 1 ސައިސަމުސާ މާމުއި

¼ ޖޯޑު ޑާކް ޗޮކްލެޓް (70% ކޯކޯ ނުވަތަ އެއަށްވުރެ ގިނަ) ތައްޔާރު ކުރާނެ ގޮތް ރަނގަޅަށް ޕީނަޓް ބަޓަރ، ޔޯގަޓް، މާމުއި އެއްކޮށްލުމަށްފަހު، ރީތި ތަށްޓަކަށް ނޫނީ ޓްރޭއަކަށް ވިޔަސް އަޅާލުމަށްފަހު މައްޗަށް ޑާކް ޗޮކޮލެޓް އަޅައި އެއްވަރު ކޮށްލާށެވެ. އަދި ދެން ފްރިޖުގައި 3 ގަޑިއެއްހާއިރު ބަހައްޓާށެވެ، އެއަށްފަހު ނަގައިގެން ބޭނުންކޮށްލާށެވެ، އެހެރީ ހައިޕްރޮޓީން ޑެޒަރޓެއް ތައްޔާރުވެފައެވެ.