1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ދަރިމައިވުމުގެ ކުޅަދާނަކަން ލިބިފައިވާ، ދިރޭ ރޮބޮޓްތަކެއް ސްޓެމް ސެލް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އުފައްދައިފި

xenobots-self-replication-robot-biology
ނަޞްރުﷲ އަފީފް
699ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމެރިކާގެ ސައިންޓިސްޓުންތަކެއް ގުޅިގެން ކޮށްފައިވާ މަސައްކަތަކުން، ދަރިމައިވުމުގެ ކުޅަދާނަކަން ލިބިފައިވާ، ދިރޭ ރޮބޮޓްތަކެއް ސްޓެމް ސެލްތަކެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އުފައްދައިފިއެވެ.

ޒެނޯބޮޓްސް ނަމުން ނަން ދެވިފައިވާ މިޚާއްސަ ދިރޭ ރޮބޮޓް އުފައްދާފައިވަނީ، ޓަފްޓްސް ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ އޮފް ވަރމައުންޓްގެ ބަޔޮލޮޖިސްޓުންނާއި ކޮމްޕިޓަރ ސައިންޓިސްޓުން ގުޅިގެން ކޮށްފައިވާ ވަރަށްވެސް ޚާއްސަ މަސައްކަތަކުންނެވެ. މިޚާއްސަ ސައިންޓިސްޓުންގެ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، މިދިރޭ ރޮބޮޓަކީ، ދިރޭ ތަކެތި ފަދައިން "ރީޕްރޮޑިއުސް" ނުވަތަ ދަރިމައިވުމުގެ ކުޅަދާނަކަން ލިބިފައިވާ ރޮބޮޓެކެވެ.

ޒެނޯބޮޓްސް 3.0 އަކީ މީގެ ކުރިން 2020 ގައި ފެއްޓުނު ދިރޭ ރޮބޮޓުގެ މަޝްރޫއުގެ ފަހުގެ ރޮބޮޓެވެ. މިރޮބޮޓުގެ ސެލްގައި އެކުލެވޭ އިސްތައްޓާ ގާތްކުރާ ކުދި ފައި ތައް ކަމުގައިވާ ސީލިއާގައި މެމޮރީ ނުވަތަ ހަނދާންތައް ރައްކާކުރުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

300 × 250

tiny-robots-living-in-body-frog-cell_md

މި ދިރާސާގެ ސްޓަޑީ އޯތަރ ޖޯޝަން ބޮންގާޑް ބުނެފައިވާގޮތުން، ޒެނޯބޮޓްސްގެ ކުރީގެ ވާރޝަންތަކަށް، ހިނގުމުގެ ކުޅަދާނަކަން، ފެތުމުގެ ކުޅަދާނަކަން ލިބިފައި ވީނަމަވެސް، ފަހުގެ ޒެނޯބޮޓްސްތަކަށް، އަމިއްލަޔަށް ރެޕްލިކޭޓް ވުން ނުވަތަ އަމިއްލަޔަށް އެއްގޮތް އެތަކެއް ރޮބޮޓްތަކެއް އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މިއީ ދިރޭ ސެލްތަށް ރީޕްރޮޑިއުސް ނުވަތަ ދަރިމައިވެ، ގިނަވުމާއި އެއްގޮތް ސިފައެކެވެ. މިފަދަ ދިރޭ ރޮބޮޓްތަކެއް ކުރިން ތައްޔާރުވެފައި ނުވީނަމަވެސް، މިއީ ރޮބޮޓް އުފެއްދުމުގެ ޓެކްނޮލޮޖީއަށް ގެނުވުނު އިންގިލާބެކެވެ.

މިދިރާސާކޮށްފައިވާ ޓީމުން ބުނާގޮތުން، ޒެންބޮޓްސްގެ އެހީގައި، ތަފާތު ބަލިތަކަށް ދެވޭ ފަރުވާއެއްގެ ގޮތުގައި، ކޮމްޕިޓަރުން ޕްރޮގްރާމް ކުރެވޭ ޚާއްސަ ވިސްނުންތޫނު ކުދި ރޮބޮޓް ސެލްތަކެއް ހަށިގަނޑަށް ފުނުވައިގެން ތަފާތު ބަލިތަކަށް ފަރުވާ ހޯދިދާނެއެވެ.

ޓަފްޓްސް ޔުނިވަރސިތީގެ ސައިންޓިސްތެއް ކަމުގައިވާ، މައިކަލް ލެވިން ބުނެފައިވާގޮތުން، މިފަދަ ރޮބޮޓް ސެލްތަކަކަށް އަހަރަމެން ކުރަން ބޭނުންވާ ޚާއްސަ ކަންތައްތަކެއް ކުރެވޭގޮތަށް ޕްރޮގްރާމް ކުރެވިއްޖެނަމަ، ބޭސްވެރިކަން އާއުސްމިނަކަށް ގެންދެވިދާނެއެވެ. މިފަދަ ޓެކްނޮލޮޖީއެއްގެ އެހީގައި، އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކެންސަރު ފަދަ ބަލިތަކާއި، އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ހައްލު ހޯދިދާނެއެވެ.

xenobots-self-replication-robot-biology

މިފަދަ ތަފާތު ސިއްޙީ މައްސަލަތަކުގެ ހައްލު ނުހޯދޭ ސަބަބަކީ، އަހަރަމެންނަށް ހަށިގަނޑުގައިވާ ސެލްތަކުގެ ކަންކަން އަންދާޒާކުރަން ނޭގުމާއި، ވަކި ޚާއްސަ ސެލްތަކުގެ ގްރޫޕެއް ކޮންޓްރޯލް ކުރަން ނޭނގުމެވެ. މިގޮތުން މިފަދަ ކަންކަން ދެނެގަނެވިދާނެ ޕްލެޓް ފޯމަކަށް ޒެނޯބޮޓްސް ވެގެން ދާނެއެވެ.

300 × 250

މިޚާއްސަ ފުރަތަމަ ދިރޭ ރޮބޮޓަށް ދަރިމައިވުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މިރޮބޮޓަކީ ސެލްއަކާއި އެއްވަރުގެ ކުޑަ މައިކްރޮސްކޯޕިކް އޯގަނިޒަމްއެކެވެ. މިއޯގަނިޒަމް ނުވަތަ ކުދި ދިރޭ ސެލް ތައްޔާރުކުރެވިފައިވަނީ "ފްރޮގް" ކަހަބޮކީގެ ސެލް ބޭނުންކޮށްގެންނެވެ. މި ސެލްގައި އެކުލެވިފައިވާ އަނގައެއް ކަހަލަ ހުޅުވިފައި ހުންނަ ބައިން، އޭގެ ކުދި ސެލްތަށް އުފައްދައެވެ. މިފަދަ ރޮބޮޓް ސެލްއެއްގެ އެހީގައި ކެންސަރ ސެލްތަށްވެސް ނައްތާލުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ފްރޮގް ސްޓެމް ސެލްތަކެއް ނަގައި، ބޭނުންވާ ޝޭޕަށް ގެނެސް، އެ ސެލްތަކަށް އާޓިފިޝިއަލް އިންޓަލެޖެންސް، ރޮބޮޓެއް ޕްރޮގްރާމް ކުރާ ފަދައިން ޕްރޮގްރާމްކޮށް އެފަދަ އެތަކެއް ސެލްތަށް އަމިއްލަޔަށް އުފެއްދޭގޮތަށް ތައްޔާރު ކުރެވެއެވެ.

ދިރޭ ރޮބޮޓްތަށް، އަމިއްލަޔަށް ދަރިމައިވެ، ހަށިގަނޑު އެހެން ސެލްތަކާއި އެއްބީދައިން މަސައްކަތްކުރާއިރު، ތަފާތު ބަލިތަކަށް ފަރުވާކުރުމުގައި، ބޭނުންވާގޮތަކަށް ޕާސަނަލައިޒް ކުރެވި، ތަފާތު ބަލިތަކުން ސަލަމާތްވުމަށް ބޭސްފަރުވާގައި މި ރޮބޮޓްތަކަށް މުހިންމުރޯލެއް އަދާކުރެވިދާނެ އެވެ.

https://www.youtube.com/watch?v=nxDDzvp_8Eo

މިލި މީޓަރެއްގެ ސައިޒުގެ ދިރޭ މެޝިނަށް ދެވިފައިވާ ނަމަކީ ޒެންބޮޓްސް 3.0 އެވެ. ކުރީގެ ރޮބޮޓްތަކާއި ތަފާތު ރޮބޮޓަކަށް، މިރޮބޮޓްވެގެން ދަނީ، ދިރޭ ސެލްއަކަށް މިރޮބޮޓް ވުމާއިއެކު، ބޭނުންގޮތަކަށް ޕްރޮގްރާމް ކުރެވޭ ސެލްއަކަށް މިސެލް ވެގެން ދިޔުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި