ސަރުކާރުން އަލަށް ތަޢާރަފް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތައް މާލެ ގެންނަން ފަށައިފިއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޚިދުމަތަށް ބޭނުންވާ 150 ކާރުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 60 ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ.
މި މަޝްރޫޢުގެ ދަށުން ގެންނަ ކާރުތަކުގެ ދެވަނަ ޝިޕްމަންޓް މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެއެވެ. ދެވަނަ ޝިޕްމަންޓުގައި 90 ކާރު ހިމެނޭއިރު، މިއާއެކު ޖުމްލަ 150 ކާރު ހަމަވާނެއެވެ. މި ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ޓެކްސީ ކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް ފަށާ ކަމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ސަރުކާރުން ރައީސް އިސްނަންގަވައިގެން ޓެކްސީ ކުރުމުގެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށްޓަކައި އެމްޓީސީސީން ޤާއިމްކުރާ މާލޭ ޓެކްސީލައިންގައި ބޭނުން ކުރާ ކާރުތައް މިއަދު އޭގެ އެއްބައި މި ގެނެވުނީ،" ވަޒީރު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.