ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ސިލްސިލާކޮށް ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ ހަރަކާތުގައި ރައީސް ވަނީ ހެންވޭރު އުތުރުގެ ގިނަ ގެތަކަކަށް ޒިޔާރަތް ކުރައްވައި، އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ބައްލަވައިލައްވާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، މާލޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ފަސޭހައަށް ސަރުކާރުން ގެންނަން ބޭނުންވާ މުހިންމު ބަދަލުތަކުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، މަގުމަތިން ބައްދަލުވި ގިނަ އަދަދެއްގެ ރައްޔިތުންނާ ވެސް ރައީސް ވަނީ ސަލާމްކުރައްވައި ވާހަކަދައްކަވާފައެވެ. ރައްޔިތުންގެ ޝަކުވާތަކާއި އިހުސާސްތައް އަޑުއެއްސެވުމުގައި ރައީސް މިއަދު ގިނަ ވަގުތުތަކެއް ހޭދަކުރެއްވިކަން ފާހަގަކުރެވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.