ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުމުގެ ތެރޭގައި ގެނބިގެން ދޮށީ އުމުރުގެ މީހަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ފިޔޯރީ، ގަހާކޯޅި، މުޙައްމަދު ޙުސައިން (79އ) އެވެ. އޭނާ ނިޔާވީ އެ ރަށު ފަޅުތެރޭގައި ދާޖަހައިގެން މަސް ހިފަން އުޅުމުގެ ތެރޭގައި ގެނބިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ފިޔޯރީގައި މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މާރިޗު 28 ވަނަ ދުވަހުގެ މެންދުރުފަހު 13:42 އެހައިކަންހާއިރުއެވެ. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މުޙައްމަދު ޙުސައިން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފިޔޯރީގައި މަސް ހިފަންގޮސް އުޅުމުގެ ތެރޭގައި ގެނބިގެން ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.