އެނދުމަތި ވެފައިވާ 20 ދަރިވަރަކަށް، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އިން ހޮސްޕިޓަލް އެނދު ހަދިޔާކޮށްފިއެވެ.

އާރކްއިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެނދުމަތިވެފައިވާ 20 ދަރިވަރަކަށް ހޮސްޕިޓަލް އެނދުތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި، އެ އެނދުތައް ހަދިޔާކޮށްފައިވަނީ އިންޓަރނޭޝަނަލް ޑޭ އޮފް ޕާރސަންސް ވިތް ޑިސްއެބިލިޓީސް ފާހަގަ ކުރުމުގެ ހަރަކާތުގެ ތެރެއިން ކަމަށެވެ.

އާރކްއިން ބުނީ، އެ އެނދުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ގޭގެއަށްގޮސް އެކުދިންނަށް ކިޔަވައިދިނުމުގައި މިހާރަށްވުރެ ފަސޭހަކޮށް އަދި ރަނގަޅަށް ކިޔަވައިދިނުމުގެ މަގު ފަހިވެގެން ދާނެ ކަމަށެވެ.

https://twitter.com/ARC_maldives/status/1466754278291226626

ހުޅުމާލޭ ޤާޒީ ސްކޫލްގެ ދަރިވަރަކަށް އެނދު ހަވާލުކުރުމަށް މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވަނީ، އާރކް އިން ކުޑަކުދިން އަދި ހާއްސައެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ.