1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބައިނަލްއަގްވާމީ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން އާރކް އިން ހަރަކާތްތަކެއް ހިންގައިފި

FFscatyVUAc_Pv1
ފޮޓޯ: އާރކް
ހުވަދޫ ނިއުސް ޓީމް
512ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބައިނަލް އަގުވާމީ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅިގެން އެޑްވޮކެޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އިން ފުއްޓަރު އުފާ އަދި ބީޗް ކްލަބާ ގުޅިގެން ހުޅުމާލޭ ބީޗު ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.

އާރކް އިން ބުނީ، މިއަދު އެޖަމްއިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބީޗް އަދި މޫދުގެ ހަރަކާތްތަކުގައި  ބިއުޓިފުލް އައިސް ޑައުން ސިންޑްރޮމް އެސޯސިއޭޝަނާއި ކެއަރ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ) ގެ އިތުރުން ޗިލްޑްރަން ވިތް ހިއަރިންގ އިމްޕެއަރމަންޓްސް ގެ 50 ވަރަކަށް ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ، ބަނާނާ ބޯޓު ރައިޑްސް އާއި ކެނޯ ރައިޑްސް އަދި ސްޓޭންޑް އަޕް ޕެޑްލެ ބޯޑިންގ ހަރަކާތްތަކުގައި އެކުދިން ބައިވެރިވެފައިވާ ކަމަށެވެ.

300 × 250

މި ޚާއްސަ ހަރަކަތިގައި، އާރކް އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރު ކުރެވުނު ލުއި މައުލޫމާތު ފޮތެއް ކަމުގައިވާ، "ކޮންވެންޝަން އޮން ދަ ރައިޓް އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (ސީއާރުޕީޑީ) ފޮތް ނެރެދެއްވުން ކުރިޔަށް ގެންދެވުނެވެ. ފޮތް ނެރެދީފައިވަނީ، ޔުނިސެފްގެ ޑެޕިއުޓީ ކަންޓްރީ ރެޕްރެޒެންޓޭޓިވް މރ. ޕައުލޯ ސަސްސަރާޢޯ އެވެ. މިއިވެންޓުގައި އދ ގެ ރެސިޑެންޓް ކޯޑިނޭޓަރ އޮފް މޯލްޑިވްސް، މިސް ކެތަރިން ހޭސްވެލް ބައިވެރިވެ ވަޑަިގެންނެވިއެވެ.

https://twitter.com/ARC_maldives/status/1466797360478969857?s=20

ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ ކުދިންގެ ކިބާގައިވާ ޤާބިލިއްޔަތުތަކަށް ދެނެގަތުމުގެ މުހިންމު ކަމަށް، މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން އާރކްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރ މރ. މުރުތަޟާ މޫސާ، އަލި އަޅުވާލެއްވިއެވެ. ގިނަ ފަހަރަށް ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ ކުދިންގެ ބޭނުންތަކަށް މާބޮޑު މުހިންމު ކަމެއް ނުދެވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކިބައިގައިވާ ހުނަރުތައް ގިނަފަހަރަށް ފާހަގަ ނުކުރެވެއެވެ. މިފުރުޞަތު ބޭނުން ކޮށްގެން، އާކްގެ އަމާޒަކީ، ޚާއްސަ އިސްކަމެއްދީގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ ރައްކާތެރިކަން ފޯރުކޮށްދީ، ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި