އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއިން، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުވެފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިޓީތަކުގެ މޭޔަރުކަމާއި ގިނަ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ޖުމްލަ ގޮނޑިތަކުގެ އަދަދަށް ބަލާއިރު ގިނަ ގޮނޑި ހޯދާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ ވޯޓު ދީފައެވެ. ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި އިންތިހާބުތަކުގެ ނަތީޖާއަކީ ކަންކަމާ މެދު ފުންކޮށް ވިސްނައި، އިސްލާހު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ބަދަލުކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވަނީ އިންތިހާބުގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނަށާއި، ބައިވެރިވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށާއި، ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މި އިންތިހާބުގައި ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންތިހާބުގެ ނަތީޖާއިން ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދީފި: ވަޒީރު ޝިޔާމް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.