1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

15 އަހަރަށް ފަހު ތިނަދޫ ސިޓީ ޑަބްލިއުޑީސީ ތެރެއަށް އެމްޑީޕީ ނޫން ފިކުރެއް!

u79
15 އަހަރަށް ފަހު ތިނަދޫ ސިޓީ ޑަބްލިއުޑީސީ ތެރެއަށް އެމްޑީޕީ ނޫން ފިކުރެއް!
މަރްޔަމް ޝަފާ ސައީދު
967ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސިޔާސީ ޕާޓީ ވާދަ ކުރާ އިންތިޚާބުތައް ބާވަންނަ ފެށީއްސުރެ ފާއިތުވި 15 ނުވަތަ 3 ދައުރުގައި ގދތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު މުޅިންވެސް ކާމިޔާބު ކުރަނީ މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ އިންނެވެ. ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރަނީ އެ ޕާޓީ އިންނެވެ.

ނަމަވެސް ނަމަވެސް ސިޓީ އެއްގެ ދަރަޖަ ލިބުމަށް ފަހު ފުރަތަމަ ބޭއްވި އިންތިޚާބުގައި އމްޑީޕީގެ 100 ޕަސެންޓް މެޖޯރިޓީގެ 7 ގޮނޑީގެ ތެރެއިން ދަނޑުކޮޑާ އަވަށަށް ނިސްބަތްވާ ހުޅަނގު ދެކުނު ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބު ކުރީ ޕީޕަލްސް ނެޝަނަލް ކޮނގްރެސް ޕީއެންސީ އިންނެވެ.

ޝިމްނާ ރަޝީދު އާ ވާދަ ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަޒްނާ އެވެ.

300 × 250

u69އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބުކުރެއްވި، ޕީއެންސީގެ ކެންޑިޑޭޓް ޝިމްނާ ރަޝީދު

ވަރަށް ބޮޑަށް އަވަށު ރޫޙު އޮންނަ ހުޅަގު ދެކުނު ދާއިރާގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ޕީއެބްސީ ޝިމްނާ ކާމިޔާބު ކުރިއިރު އެ ދާއިރާއިން ވަނީ ކައުންސިލް ގޮނޑީގެ އިތުރު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ގެ ވޯޓް ގައި ވެސް ޕީއެންސީ އަށް ކާމިޔާބު ހޯދާފައެވެ. އެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަޒީލާއެވެ. އެހެންކަމުން މިއީ ހުޅަނގު ދެކުނު ދާއިރާ އިން ޕީއެންސީ ހޯދި ތާރީޚީ ބޮޑު ކާމިޔާބީ އެކެވެ.

މީގެ އިތުރުން ތިނަދޫ ސިޓީގެ އިތުރު ގޮނޑިއެއް ޕީއެންސީ އަށް ކާމިޔާބު ކުރެވުނީ ހުޅަނގު މެދު ދާއިރާ އިންނެވެ. ސިޓީ ކައުންސިލް މެމްބަރުކަމުގެ މި ގޮނޑި ކާމިޔާބު ކުރެއްވީ ޝަހާއުﷲ ޝަމީމްއެވެ. ޝާހާ އާއި ވާދަ ކުރެއްވީ އެމްޑީޕީގެ އަލްމާސް ޒުހައިރުއެވެ. އަލްމާސް އަކީ މީގެ ކުރިންވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލް ކަން ކުރައްވާ ފައެވެ.

މި އިންތިޚާބު ގައި ތިނަދޫ ދެ ދާއިރާ އިން އިތުރު ގޮނޑިއެއް ޕީއެންސީ އަށް ލިބިފައި ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި