1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެންމެ ކާމިޔާބު މެންބަރުންގެ ލިސްޓުގެ ކުރީގައި ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް, ސޭޓް

IMG-20260410-WA0000
އެންމެ ކާމިޔާބު މެންބަރުންގެ ލިސްޓުގެ ކުރީގައި ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް, ސޭޓް
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,630ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

‎2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިއިރު، ގއ ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށް، އެންމެ ކާމިޔާބު މަޖިލިސް މެންބަރުންގެ ލިސްޓުގެ ކުރިއަށް ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް (ސޭޓު) ޖެހިލައިފިއެވެ.

މި އިންތިހާބުގައި ވިލިނގިލީ ކައުންސިލަށް 18 ކެނޑިޑޭޓުން ވާދަކުރިއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް 11 ކެނޑިޑޭޓުން ވާދަކުރިއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، ކައުންސިލްގެ 5 ގޮނޑިވެސް ސީދާ ޕީއެންސީއަށް ލިބިފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފުރިހަމަ މެޖޯރިޓީވެސް ހޯދާފައިވަނީ ސަރުކާރު ހިންގާ ޕާޓީންނެވެ.

results-GA.-Vilingiliވިލިގިލީ ރައްޔިތުންގެ ނިންމުން

300 × 250

‎މި އިންތިހާބުގައި ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، ކައުންސިލް ރައީސްގެ ގޮނޑި 619 ވޯޓުގެ ބޮޑު ތަފާތަކުން ޕީއެންސީން ކާމިޔާބު ކުރުމެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ ގޮނޑިވެސް ވަނީ 191 ވޯޓުގެ ފަރަގަކުން އެ ޕާޓީން ކާމިޔާބުކޮށްފައެވެ.

މި ބޮޑު ކާމިޔާބީއަކީ ސަރުކާރަށް އެއްވެސް ބުރައެއް ނުވަތަ ޕްރެޝަރެއް ނުޖައްސައި، ދާއިރާގެ މެންބަރު އާޒިމްގެ ހިކުމަތްތެރިކަމާއި ކުރެއްވި މިންނަތް މަސައްކަތުގެ ނަތީޖާއެއްކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މި ނަތީޖާއިން ހާމަވަނީ އާޒިމްގެ ސިޔާސީ ނުފޫޒު ގަދަވެ، ރައްޔިތުންގެ ބޮޑު ތާއީދެއް އޭނާއަށް އޮތްކަމެވެ.

‎ވިލިނގިލީގެ ރައްޔިތުން މިފަދަ ނަތީޖާއެއް ސަރުކާރަށް ހޯދައިދިނީ އެ ރަށަށް ތަރައްގީއާއި ކުރިއެރުން ގެނައުމަށް ބޭނުންވާތީއެވެ. ހާއްސަކޮށް، ވިލިނގިލި އިންޓަނޭޝަނަލް އެއާޕޯޓު ފަދަ ބޮޑެތި މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. މި ބޮޑު ކާމިޔާބީއާއެކު، ވިލިނގިލީގެ ތަރައްގީގެ މަޝްރޫއުތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި