1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެކެއް އިންސައްތައަށް މަޑުޖެހޭނެ: އޭޑީބީ

Asian-Development-Bank
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެކެއް އިންސައްތައަށް މަޑުޖެހޭނެ.... އޭޑީބީ
މަރްޔަމް ޝަފާ ސައީދު
156ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ. އޭޑީބީން މިމަހު ނެރުނު "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" ރިޕޯޓުގައިވާ ގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އޭޑީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދު 5.4 އިންސައްތައިގައި ކުރިއަރާފައިވީ ނަމަވެސް، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މި އަހަރު އެ ރޭޓު އެއް އިންސައްތައަށް ވެއްޓޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ހަނގުރާމައިގެ ހާލަތު ރަނގަޅުވެ ދުނިޔޭގެ އިގުތިސޯދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ތިން އިންސައްތައަށް އުފުލޭނެ ކަމަށް ވެސް އެ ބޭންކުން ލަފާކުރެއެވެ.

އިންފްލޭޝަނާއި ރިޒާވަށް ކުރާނެ އަސަރު

އަސާސީ މުދާ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ފަސް އިންސައްތައަށް އުފުލޭނެ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް އޭޑީބީން ބުނެއެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުން ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި މަހުގެ ތެރޭގައި މި ސަރުކާރުން ދެއްކުމަކީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ފިސްކަލް ހާލަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭޑީބީން ފާހަގަކުރިއެވެ. އެހެންނަމަވެސް، ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

300 × 250

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު، މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން 10 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަން އޭޑީބީން ފާހަގަކުރެއެވެ. އަދި ހަނގުރާމައިގެ ހާލަތުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އެ ބޭންކުން ބުނެއެވެ.



300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި