ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,000 އަށް ވުރެ ގިނަ ފަތުރުވެރީން ރާއްޖެ އަންނަ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ގިނަ ފްލައިޓްތަކެއް ކެންސަލްވެ ފަތުރުވެރީން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. ނަމަވެސް ފަތުރުވެރީން ގެނެވޭނެ އިތުރު ގޮތްތައް ހޯދުމަށް ކުރެވުނު މަސައްކަތުން މިހާރު އެ އަދަދުތައް ރަނގަޅުވާން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ހަތް ލައްކައަށް ވުރެ ގިނަ ފަތުރުވެރީން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި މި ހިނގާ މަހުގެ މިހާތަނަށް 56,136 ފަތުރުވެރީން އައިސްފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް ފަތުރުވެރީން އަންނަ ނިސްބަތް ހުރީ 5,103 ގައެވެ.
ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު 5 ހާހުން މައްޗަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.