ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު، އާޓްސް މިނިސްޓަރު ކަމުގެ މަގާމަށް ހީނާ ވަލީދު، ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އިރުތިޝާމް އާދަމް އަދި ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ގީލާ އަލީ މިރޭ އައްޔަންކުރައްވައިފިއެވެ. މި ބޭފުޅުން މަގާމުގެ ހުވައިކުރެއްވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އާޓްސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ހީނާ ވަލީދު އަކީ މިހާތަނަށް ރައީސް އޮފީހުގެ ތަރުޖަމާނުކަމުގެ މަގާމާއި އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އިރުތިޝާމް އާދަމް އަކީ މި ސަރުކާރުގައި އިނގިރޭސި ސަފީރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އިރުތިޝާމް ވަނީ މީގެ ކުރިން ހެލްތު މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަމުގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުކަން ވެސް ކުރައްވައިފައެވެ. ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރެއްވި ގީލާ އަލީ އަކީ މިހާތަނަށް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މި ބޭފުޅުންނާއެކު ކެބިނެޓަށް އާ ތިން މިނިސްޓަރަކު ވަނީ އައްޔަންކުރައްވައިފައެވެ. ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކާއެކު މިރޭ ޖުމުލަ 12 މިނިސްޓަރަކު ވަނީ މަގާމުގެ ހުވައިކުރައްވައިފައެވެ. މި ބަދަލުތަކާއެކު ސަރުކާރުގެ މިނިސްޓަރުންގެ އަދަދު ވަނީ 20 އިން 15 އަށް މަދުވެފައެވެ. މި ބަދަލަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލެއް ކަމަށް ބެލެވެއެވެ.
ކެބިނެޓްގައި 3 އަންހެން ކަނބަލުން؛ އާޓްސް މިނިސްޓަރަކަށް ހީނާ، ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އަދި ހެލްތު މިނިސްޓަރަކަށް ގީލާ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.