ރައްޓެހިވެގެން އުޅުނު އަންހެން މީހާ ކައިރިއަށް ވަދެ އޮތް ފުލުހެއްގެ އަތުން 12،000 ރުފިޔާ ފޭރުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލައާ ގުޅިގެން 20 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ އިތުރުން 35 އަަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.
މިމައްސަލައާ ގުޅިގެން މި ތިން މީހުން ހައްޔަރުކޮށްފައިވަނީ، ފުލުސް މީހާއަށް އަނިޔާކޮށް އޭނާ އަތުން ފައިސާ ފޭރުނު މައްސަލައިގައި އާއި، ލޯބިވެރިޔާ އެހެން މީހެއް ގޮވައިގެން ކޮޓަރިއަކަށް ވަން މަންޒަރު ފެނުމުން އިތުރު މީހަކާއެކު އެތަނަށް ގޮސް ފޯނުން ވީޑިއޯ ކުރި ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް އެތުހުމަތުތަކަށް އަންހެން މީހާގެ ލޯބިވެރިޔާ ވަނީ އިންކާރުކޮށްފައެވެ. އަދި އޭނާގެ ލޯބިވެރިޔާ ކައިރިއަށް ވަނީ ފުލުހެއް ކަން ކުރިން އެނގިފައި ނުވާ ކަމަށާއި، އޭނާގެ އަތުން ފޭރުނު ކަމަށް ކުރާ ތުހުމަތަށްވެސް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އަދި އެފައިސާ ފުލުސްމީހާ ދީފައިވަނީ އޭނާ ދޫކޮށްލުމަށް އެއްބަސްވުމުން ހިތުން ތުހުމުގައި ކަމަށްވެސް 31 އަހަރުގެ މީހާ ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.