1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި

177
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،---ފޮޓޯ: ރައީސްއޮފީސް
މަރްޔަމް ޝަފާ ސައީދު
274ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ބައެއް ވުޒާރާތައް އުވައިލެއްވުމާއި، މުޅިން އަލަށް ވުޒާރާއެއް އުފެއްދެވުމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ނަންތަކަށް ބަދަލު ގެންނެވުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 7/2026 ދެންނެވުމުގައިވާ ގޮތުން، މި ބަދަލުތަކާއެކު ބައެއް އިދާރާތަކުގެ ބެލެނިވެރިކަން ވެސް ވަނީ ބަދަލުކުރައްވާފައެވެ. މި ބަދަލުތަކަކީ ސަރުކާރުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގެންނެވި ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

އަލަށް އުފެއްދެވި ވުޒާރާ

މި ބަދަލުތަކުގެ ތެރެއިން މުޅިން އަލަށް އުފައްދަވާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އެވެ. މިއީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ހިންގެވުމަށް ނިންމެވި ނިންމެވުމެކެވެ.

300 × 250

އުވައިލެއްވި ވުޒާރާތައް

ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ހަ ވުޒާރާއެއް ވަނީ އުވައިލައްވާފައެވެ. އުވައިލެއްވި ވުޒާރާތަކުގެ ތެރޭގައި ހިމެނެނީ:

  • މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
  • މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
  • މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

މި ބަދަލުތަކާ ގުޅިގެން ސަރުކާރުގެ އިދާރީ ހިންގުމަށް އަންނާނެ ތަފްސީލީ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އާންމުކޮށް އިޢުލާންކުރައްވާފައެވެ. ބައެއް ވުޒާރާތަކުގެ ނަން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ވަނީ ބަދަލުކުރައްވާފައެވެ.

  • 1. "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ"ގެ ނަން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ" އަށް
  • 2. "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ"ގެ ނަން، "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް" އަށް
  • 3. "މިނިސްޓްރީ އޮފް އެޑިޔުކޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" އަށް
  • 4. "މިނިސްޓްރީ އޮފް ހެލްތު"ގެ ނަން، "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ" އަށް
  • 5. "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް"ގެ ނަން، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް" އަށް
  • 6. "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް"ގެ ނަން، "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް" އަށް
  • 7. "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"ގެ ނަން، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އަށް
  • 8. "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް" އަށް
  • 9. "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް"ގެ ނަން، "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް" އަށް
  • 10. "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ"ގެ ނަން، "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް" އަށް
  • 11. "މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް"ގެ ނަން، "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް" އަށް
300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި