މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އިން ދޭ އެކެޑެމިކް އެކްސެލެންސް އެވޯޑް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިފުޅު އަބްދުالله މާހިލް ޝަހީމް ހާސިލްކޮށްފިއެވެ. ދަރިފުޅު ހޯދި މި ބޮޑު ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާހިލް ވަނީ އެ ޔުނިވާސިޓީން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ފުރިހަމަކޮށްފައެވެ. މާހިލް މި އެވޯޑު ހާސިލްކުރީ އޭނާ ކިޔެވި ފެކަލްޓީންނެވެ. މީގެ އިތުރުން، މާހިލް ވަނީ އައިއައިޔޫއެމްގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ރެކްޓާސް އެވޯޑް" އަށް ވެސް ނޮމިނޭޓް ވެފައެވެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މާހިލް ހޯދި މި ނަތީޖާއަކީ އޭނާގެ އާއިލާއަށާއި މުޅި ގައުމަށް ވެސް ލިބުނު ވަރަށް ބޮޑު ފަހުރެއް އަދި އުފަލެކެވެ. އައިއައިޔޫއެމްގެ އެކްސެލެންސް އެވޯޑަކީ ދަރިވަރުންގެ ހުނަރާއި ހިތްވަރާ އެކު ހޯދާ އިލްމީ މަތީ ނަތީޖާތަކަށާއި، ޔުނިވާސިޓީގެ އެކި ހަރަކާތްތަކުގައި އިސްނަގައިގެން ބައިވެރިވާ މަތީ ފަންތީގެ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ހާއްސަ ޝަރަފެކެވެ.
މެލޭޝިއާގެ އައިއައިޔޫއެމްގެ އެކެޑެމިކް އެކްސެލެންސް އެވޯޑް މިނިސްޓަރު ޝަހީމްގެ ދަރިފުޅު މާހިލްއަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.