1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތުގެ %93 ނިމިއްޖެ

male
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
މަރްޔަމް ޝަފާ ސައީދު
171ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށްޓަކައި ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ 93 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި މި މަސައްކަތުގެ ދަށުން، ޕޭ ހާމަނައިޒް ކުރަންޖެހޭ މުވައްޒަފުންގެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ބާކީ ހުރި 7 އިންސައްތަ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައީސް އޮފީހުން މިހާރު އިރުޝާދު ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ، ބާކީ ހުރި 7 އިންސައްތަ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އިރުޝާދުދީފައި. ރައީސް އޮފީހުން އަންގާފައިވަނީ، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ބާކީ ތިބި މުވައްޒަފުންނަށްވެސް މި ބަދަލުގެ ފައިދާ ލިބޭނެ ގޮތް ހެދުމަށް،" މާލީ ވަޒީރު ވިދާޅުވިއެވެ.

300 × 250

ނޭޝަނަލް ޕޭ ފްރޭމްވޯކުގެ ދަށުން ކުރިއަށްގެންދާ މި ބަދަލާއެކު 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ. މިއީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.

މާލީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، އައު ޕޭ ފްރޭމްވޯކަށް ހިޖުރަކުރާއިރު އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެބައި ހަމަޖެއްސުމަށް "މައިގްރޭޝަން އެލަވަންސް" އެ މުވައްޒަފަކަށް ލިބޭނެއެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ އިތުރުގަޑީގެ ފައިސާއަށް ބަރޯސާވުން ކުޑަކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމައަށް ހިފާ، މުވައްޒަފުންނަށް ދުޅަހެޔޮ ވަރކް-ލައިފް ބެލެންސެއް ގާއިމުކޮށްދިނުމެވެ.

\n

ވަޒީރު ޒަމީރު ވަނީ ބާކީ ހުރި މަސައްކަތްތައްވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގުތައް ކުޑަކޮށް، އިންސާފުވެރި ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި