1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޗައިނާގެ ފްރެންޗައިޒް ވިޔަފާރިތަކަށްވެސް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން: ވަޒީރު ސަޢީދު

mhh
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު----------ފޮޓޯ: ރައީސް އޮފީސް
މަރްޔަމް ޝަފާ ސައީދު
82ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންވެސް، ފްރެންޗައިޒް ވިޔަފާރިތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އަމީން ފައިސަލް ވަނީ ރެސްޓޯރެންޓް ވިޔަފާރިއަކީ ހަމައެކަނި ދިވެހިންނަށް އޮންނަ ވިޔަފާރިއަކަށް ވީނަމަވެސް، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ކުންފުނިތަކަށް އެ ފުރުސަތު ދީފައިވާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި އެއްބަސްވުމުގެ މަޝްވަރާތައް 2015 އިން 2017 އަށް ކުރިއަށްދިޔައިރު، ސިނާޢަތްތަކުގެ ތަޖުރިބާކާރުންނާއި ސްޓޭކް ހޯލްޑަރުންގެ ލަފާ ހޯދާފައިވާ ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މިހާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ސިޔާސަތުގެ ދަށުން ރެސްޓޯރެންޓް ވިޔަފާރިއަކީ ދިވެހިންނަށް ހާއްސަ ވިޔަފާރިއެއް ނަމަވެސް، ބައިނަލްއަޤްވާމީ ފްރެންޗައިޒްތަކަށް ވަކި ޝަރުތުތަކެއްގެ ތެރެއިން ފުރުސަތު އޮންނާނެ ކަމަށެވެ. "ރެސްޓޯރެންޓް ވިޔަފާރިއަކީ ދިވެހިންނަށް ހާއްސަ ވިޔަފާރިއެއް ނަމަވެސް، ބައިނަލްއަޤްވާމީ ފްރެންޗައިޒްތަކަށް ފޮރިން އިންވެސްޓްމެންޓް ސިޔާސަތުގެ ތެރެއިން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ތެރެއިން ހަރަކާތްތެރިވެވޭނެ. ހަމަ އެފަދައިން ރިސޯޓުތަކާއި އެއަރޕޯޓްތަކަށް ފްރެންޗައިޒްތަކަށް ހަރަކާތްތެރިވެވޭނެ،" ވަޒީރު ވިދާޅުވިއެވެ.

300 × 250

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފްރެންޗައިޒްތަކަށް ދީފައިވާ މި ފުރުސަތަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މިއީ އޭގެ ކުރިންވެސް ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލެކެވެ. މިފަދަ ފުރުސަތުތައް ދެނީ ބައިނަލްއަޤްވާމީ ބްރޭންޑްތައް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބޮޑު މާކެޓުގައި ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސަރަހައްދުގެ އެހެން ޤައުމުތަކަށް ނުލިބޭ ފަދަ ބޮޑު ފުރުސަތެއްކަން ފާހަގަކުރައްވައި، އެއްބަސްވުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ވިޔަފާރިވެރިންނާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވަނީ 1 ޖެނުއަރީ 2025 ގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި