ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މުސްތަގުބަލު ބައްޓަން ކުރުމަށްޓަކައި އަންހެން ކުދިންގެ ހިޔާލާއި މަޝްވަރާ އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "ގާލްސް އިން އައިސީޓީ" ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވަނީ، ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށްވެސް ހިތްވަރު ދިނުމަށް ގޮވާލައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ތަރައްގީއަށްޓަކައި އޭއައި ބައްޓަން ކުރުމުގައި ކޮންމެ އަންހެން ކުއްޖެއްގެ ބައިވެރިވުން އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން، އެކަކު އަނެކަކަށް އެހީތެރިވުމަށާއި ހުރިހާ އެންމެން ޝާމިލްވުމުގެ ފުރުސަތު އޮންނަ މާހައުލެއް ގާއިމްކޮށް، ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި ނިސްބަތުން އަންހެނުން މަދުން ހަރަކާތްތެރިވާ ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރުދީ، މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ގުޅިގެން ކުރާ މަސައްކަތުން އެންމެން ބާރުވެރި ކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން ޑިޖިޓަލް މުސްތަގުބަލަކަށް އައު ޖީލެއް ބިނާ ކުރެވޭނެ ކަމަށެވެ. އަންހެން ކުދިންނަށް އުނގެނުމުގައި އެހީތެރިވުމަށް ގޮވާލައްވަމުން އެކަމަނާ ވިދާޅުވީ، "ފަންނިއްޔާތުގެ ދާއިރާގެ މުސްތަގުބަލު ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން" ކަމަށެވެ.
އޭއައިގެ މުސްތަގުބަލު ބައްޓަން ކުރުމުގައި އަންހެން ކުދިންގެ ހިޔާލު މުހިންމު: މެޑަމް ސާޖިދާ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.