މޯލްޑިވިއަންގެ ފްލައިޓްތަކުން ދަތުރުކުރާ ފަރާތްތަކަށް އެއް ގަޑިއިރަށްވުރެ ކުރު ދަތުރެއްގައި ބުއިމެއް ނުލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މޯލްޑިވިއަން އިން ބުނީ މިގޮތަށް ނިންމާފައިވަނީ، ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮވިޑް-19 އާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމައި އާންމުކުރި ސާކިއުލާއާ ގުޅިގެން ކަމަށެވެ.
މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކަށް ދެނީ ޖޫސް އެކަންޏެވެ. މިގެނައި ބަދަލާ އެކު އެ އެއް ގަޑި އިރަށް ވުރެ ކުރު ދަތުރުތަކަށް މި ވެސް ނުދޭނެ އެވެ.
https://twitter.com/MaldivianAero/status/1467752691631677443
މޯލްޑިވިއަންގެ ބައެއް ދަތުރުތަކުގެ ދިގުމިން ބައި ގަޑިއިރަށް ވުރެ ވެސް ކުރެވެ. އާންމު ގޮތެއްގައި އެއް ގަޑިއިރަށް ވުރެ ދިގު ދަތުރުތައް ކުރަނީ ރާއްޖޭން އެންމެ އުތުރާއި ދެކުނަށެވެ.
ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައިވަނީ، ޑޮމެސްޓިކް ދަތުރުތަކުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ކޮންމެ ފަސިންޖަރެއް ވަކިން ބަލަންވާނެ ކަމަށާއި އަދި ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް އެސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖެއިން ވެސް މިހާރު ވަނީ ސައުތު އެފްރިކާ އިން ފެނުނު ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ފެނިފަ އެވެ. އެހެންވެ ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށްފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.