މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އަޙްމަދު ނަވްޝާދު (41އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. ނަވްޝާދު މަރުވީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހާދިސާގެ މައުލޫމާތު މިހާރު ވާނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހިއްސާކޮށްފައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު, ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.