1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

6r
ވިދާ ގުގުރުމާއެކު ހޮނުއެޅުމުގެ މަންޒަރެއް--ފޮޓޯ ތައްޔާރުކުރީ ޝަފާ
މަރްޔަމް ޝަފާ ސައީދު
265ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ވިދާ ގުގުރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެންޑީއެމްއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވިދާ ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައްޔިތުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށެވެ.

ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް

ވިދާ ގުގުރުމުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެންޑީއެމްއޭއިން ވަނީ ބައެއް މުހިންމު އިރުޝާދުތައް ދީފައެވެ. އޭގެ ތެރޭގައި:

300 × 250
  • ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން.
  • އިމާރާތްތަކުގެ ތެރޭގައި މަޑުކުރުން.
  • ބޭރުގައި އުޅޭނަމަ އުސް ތަންތަން ކައިރީގައާއި ގަސްދަށުގައި ހިޔާވަހިކަން ނުހޯދުން.
  • އިލެކްޓްރޯނިކް ސާމާނު ކަރަންޓުން ނައްޓާލުމާއި، އެފަދަ ތަކެތި ބޭނުންކުރުމުން ދުރުހެލިވުން.
  • ފެންބޮޑުވެފައިވާ ސަރަޙައްދުތަކާއި، ތެމިފައިވާ ތަކެއްޗާއި، ދަގަނޑު ތަކެތިން ދުރުހެލިވުން.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ. ހިތަދުއަށެވެ. އެ ރަށަށް 46.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ފ. ބިލެއްދޫއަށް 33 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ސ. ހުޅުމީދުއަށް 32.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި އެންޑީއެމްއޭއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި