ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރަމުންދާއިރު، އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ. މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަހުން ހަނދާންކޮށްދެނީ ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދީގެން ބަދަހި ގައުމެއް ބިނާކުރުމަށް ކަމަށެވެ. އަދި ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާނޭ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ތެލެސީމިއާ ކުދިންނަށް ހެޔޮދުއާ ކުރައްވައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ "އޯގާތެރިކަމާއި ހެޔޮބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައި" ކަމަށެވެ. އަދި ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށްމެ މުޖުތަމައުގެ ކުލުނާއި ލޯތްބާއެކު އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުއާކުރެއްވިއެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރާއިރު، ތެލެސީމިއާ ކުދިންނަށް ފަރުވާއަށް ފަހި މާހައުލެއް ގާއިމުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން އެ ކުދިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ތެލެސީމިއާ ކުދިންނަށް އެހީތެރިވެ، އޯގާތެރިކަން އިސްކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.