ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުނަށް މީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 1:45 އެހާއިރު އެވެ.

ފުލުހުން ބުނީ ނުފެނިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

"ޑިއުކް އޮފް ޔޯކް" ސަފާރީން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ކުރީގެ ވަގުތެއްގައި ފޭބި ގޮތަށް މެންދުރު 12 ޖެހި އިރު ވެސް ނޭރުމުން ކަމަށް ވަނީ އެނގިފަ އެވެ.