1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކ. ހުރާގައި ބޭއްވި "ޔޫތު ލީޑަރޝިޕް ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި

ip96052i___media_library_original_1600_1066
ކ. ހުރާގައި ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި ޔޫތު ލީޑަރޝިޕް ގެ ބައިވެރިން - ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ނަދީމް އަލީ
145ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކ. ހުރާގައި ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި "ޔޫތު ލީޑަރޝިޕް ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ޒުވާނުންނަކީ ޒިންމާދާރު، ހުނަރުވެރި ބަޔަކަށް ހެދުމަށް ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.

ހުރާ ކޭމްޕް ސައިޓްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ 31 ޒުވާނުން ބައިވެރިވިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެމް.އެން.ޑީ.އެފް ގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ފަންނީ އެހީތެރިކަމާއެކުގައެވެ.

300 × 250

މި ކޭމްޕުގެ ތެރެއިން ޒުވާނުންގެ ވިސްނުން ތަރައްގީކޮށްދޭނެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ލީޑަރޝިޕްގެ ހުނަރުތަކާއި، ލައިފްސްކިލް އެޑިއުކޭޝަނާއި، ވެލިއުސް އެންޑް އެތިކްސްގެ އިތުރުން، މުޖުތަމައެއްގައި އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ސެޝަންތައް ހިމެނެއެވެ. މީގެ އިތުރުން ޓީމް ބިލްޑިންގ ހަރަކާތްތަކާއި، ފަޔަރ ސޭފްޓީ، ސެލްފް ޑިފެންސް، ސައިބަރ ސޭފްޓީ އަދި ފަތަން ދަސްކޮށްދިނުމުގެ ތަމްރީނުތައް ވެސް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.

މި ކޭމްޕުގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ޒުވާން ލީޑަރުން ބިނާކުރުމާއި، މުޖުތަމައުގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި، ޒުވާނުންނާ ގުޅޭ ތަމްރީން ޕްރޮގްރާމްތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި ޒުވާނުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، މުޖުތަމައުގައި ހިނގަމުންދާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ކޭމްޕުގެ މުހިންމު މަގްސަދެކެވެ.

ޔޫތު ލީޑަރޝިޕް ކޭމްޕަކީ ޒުވާނުންނަށް ބޭނުންވާ މުހިންމު ހުނަރުތަކާއި ތަމްރީނުތައް ދީ، އިޖުތިމާއީ ގުޅުން ބަދަހި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު ކޭމްޕެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި