1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ހަ ފަހަރު ވޯޓުލައިގެން ވެސް ނަތީޖާ އެއްވަރުވެ، މަސައްކަތްތައް ހުއްޓިއްޖެ

FB_IMG_1779092896983.jpg
އދ. މަހިބަދޫ ކައުންސިލްގެ ޖަލްސާއެއްގައި. ފޮޓޯ: އދ. މަހިބަދޫ ކައުންސިލް
ނަދީމް އަލީ
106ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އދ. މަހިބަދޫ ކައުންސިލްގެ އާ ދައުރަށް ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި ހަ ފަހަރު މަތިން ވޯޓުލައިގެން ވެސް ނަތީޖާ އެއްވަރުވުމުގެ ސަބަބުން، ކައުންސިލްގެ ރަސްމީ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓިއްޖެއެވެ.

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ޒައީމާ މުހައްމަދު އާއި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މުހައްމަދު މައުމޫނެވެ. މި ދެ ބޭފުޅުންގެ މެދުގައި ނެގުނު ވޯޓުތަކުން ނަތީޖާ އެއްވަރުވަމުން ދާތީ ކައުންސިލްގެ ރަސްމީ މަސައްކަތްތައް ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.

އެންމެ ފުރަތަމަ ނެގި ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓް ޒައީމާއަށް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ ކެންޑިޑޭޓް މައުމޫނަށް ވެސް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ބުންޔާމީން ހަސަނަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. އޭގެ ފަހުން ކުރިއަށް ގެންދިޔަ އިތުރު ފަސް ބުރުގައި ވެސް ޒައީމާ އާއި މައުމޫނަށް ލިބިވަޑައިގަތީ ކޮންމެ ބޭފުޅަކަށް ދެ ވޯޓެވެ.

300 × 250

ނަތީޖާ އެއްވަރުވެ، ވަކި ކޮޅަކަށް ނުނިމި ދަނީ ވޯޓުލުމުގެ ކޮންމެ ބުރެއްގައި ވެސް އެއް ވޯޓު ބާތިލުވަމުންދާތީއެވެ. މި ބާތިލު ވޯޓުގެ ސަބަބުން އެއްވެސް ކެންޑިޑޭޓަކަށް މެޖޯރިޓީ ނުލިބި، އިންތިހާބު ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މި މައްސަލައާ ގުޅިގެން ކައުންސިލްގެ ގާނޫނީ ޒިންމާތައް އަދާކުރުމަށާއި، ރަސްމީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ނައިބު ރައީސަކު އިންތިހާބު ނުކުރެވުމުގެ ސަބަބުން ކައުންސިލްގެ ހިންގުމަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.

މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލަ ހައްލުކޮށް ނައިބު ރައީސަކު ކަނޑައެޅުމަށްޓަކައި އިތުރު ވޯޓެއް ނެގުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ކައުންސިލް މެންބަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބި، މި މައްސަލަ އަދިވެސް އޮތީ ނުނިމިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި